ކުލަބް ވޯލްޑްކަޕް: ފަސޭހަކަމާއި އެކު އޯކްލޭންޑް ސިޓީ ބަލިކޮށް އަލް އިއްތިހާދު ކުއާޓާ ފައިނަލަށް

ސައުދީ އަރަބިއްޔާގައި މިހާރު ކުރިއަށްދާ ކުލަބް ވޯލްޑްކަޕްގެ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ސައުދީ ޗެންޕިއަން އަލް އިއްތިހާދުން ޖާގަ ހޯދައިފި އެވެ.
ޖިއްދާގެ ކިންގު އަބްދުﷲ ސްޕޯޓްސް ސިޓީގައި ކުޅެވުނު ކުލަބް ވޯލްޑްކަޕްގެ ދެވަނަ ބުރުގައި އޯޝަނިއޭގެ ޗެންޕިއަން އޮސްޓްރޭލިޔާގެ އޯކްލޭންޑް ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗު އަލް އިއްތިހާދުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުން ނެވެ.
މެޗުގެ ފުރަތަަމަ ހާފުގައި އަލް އިއްތިހާދުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު، މިހާފުގައި އެޓީމުން ވަނީ ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން އެޓީމުގެ ފުރަތަަމަ ލަނޑު މެޗުގެ 29 ވަނަ މިނެޓުގައި ބްރެޒިލްގެ ފޯވާޑް ރޮމާރީނިހޯ ކާމިޔާބުކޮށްދިންއިރު، އޭގެ ފަސް މިނެޓު ފަހުން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކަންޓޭ އެވެ. އަދި އެޓީމުގެ ތިންވަނަ ލަނޑު ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ކެޕްޓަން ކަރީމް ބެންޒީމާ އެވެ.
Advertisement
މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 3-0 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގައި އަލް އިއްތިހާދުން މިމަހުގެ 15 ވަނަ ދުވަހުގެ ރޭ ނުކުންނާނީ އެފްރިކާގެ ޗެންޕިއަން މިސްރުގެ އަލް އަހުލީ އާއި ދެކޮޅަށެވެ. މިމުބާރާތުގައި އަލް އިއްތިހާދުން ވާދަކުރަމުން މިދަނީ މުބާރަތް ބާއްވާ ގައުމުގެ ޗެންޕިއަނުންގެ ހައިސިއްޔަތުން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ