ފެނަކައަށް މުއާޒް، ގޭހަށް މަދަނީ އަބްދުﷲ، އެމްޓީސީސީއަށް މުބީން

މި ސަރުކާރުގައި މޯލްޑިވް ގޭސް، ފެނަކަ ކޯޕަރޭޝަން އަދި އާބަންކޯގެ މެނޭޖިން ޑިރެކްޓަރުންނަށް އައްޔަން ކުރަން ނިންމާފައިފާ މީހުން “ހަފްތާ” ނޫހަށް އެނގިއްޖެ އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ބޯޑު މެމްބަރުން ހަމަނުވެ އޮތުމާ ގުޅިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވެރިން އައްޔަން ނުކުރެވި އޮތުމަށްފަހު، މިހާރު އެ ބޯޑަށް ވަނީ މެންބަރުން އައްޔަންކޮށްފަ އެވެ. ނަަމަވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިހާތަނަށް އެއްވެސް ވެރިއަކު އައްޔަންކޮށްފައެއް ނުވެ އެވެ.
“ހަފްތާ” އަށް އެނގިފައިވާ ގޮތުގައި މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރަން ނިންމާފައިވަނީ އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ ނުވަތަ ބޯފަން އަބްދުﷲ) އެވެ.
އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރަން ނިންމާފައިވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ ޓިކެޓުގައި މަޑަވެލި ދާއިރާގެ މެމްބަރުކަން ކުރެއްވި އަދި ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެސިސްޓެންޓް ކެމްޕެއިން މެނޭޖަރަކަށް ހުންނެވި މުއާޒް މުހައްމަދު ރަޝީދެވެ.
އެމްޓީސީސީއަށް އައްޔަންކުރަނީ 18 ވަނަ މަޖިލީހުގައި ބިލެއްދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އަހުމަދު މުބީންކަންވެސް އެނގިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ