ރޭ ޣައްޒާގެ އެކި ތަންތަނަށް ދިން ހަމަލާތަކުގައިވެސް އެތައް ބަޔަކު ޝަހީދު ކޮށްލައިފި

ފަލަސްޠީނުގެ ޣައްޒާގެ އެކި ހިސާބުތަކަށް ރޭ އިޒްރާއިލުން ހަމަލާދީ އެތައް ބަޔަކު ޝަހީދު ކޮށްލައިފިއެވެ.
އެގޮތުން ޖަބަލިއްޔާ ރެފިޔުޖީ ކޭމްޕަށާއި ޣައްޒާގެ ޞަބްރާއަށް ވަނީ ހަމަލާދީފައެވެ.
ރޭ ޖަބަލިއްޔާއަށް ދިން ހަމަލާ އަމާޒުކޮށްފައިވަނީ އެ ކޭމްޕްގައި ހުންނަ ހޮސްޕިޓަލެއްގެ ކައިރިއަށެވެ. މިހަމަލާގައި 19 މީހަކު ވަނީ ޝަހީދުވެފައެވެ. މީގެ އިތުރުން ޚާން ޔޫނިސް ގައި ދިން ހަމަލާއެއްގައި ހަތަރު މީހަކު ޝަހީދު ވެފައިވާ ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.
Advertisement
ހަމަމިއާއި އެކު ޣައްޒާގެ އަލް ނަސްރް ހޮސްޕިޓަލްގެ ސަރަހައްދަށް ދިން ހަމަލާގައި އެތައް ބަޔަކު ޒަޚަމްވެ ބަޔަކު ވަނީ ޝަހީދުވެފައެެވެ.
ރޭ އިޒްރާއިލުން ވަނީ ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އަލް ޝިފާގެ ވަށައިގެން ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގެ ސަބަބުން އެހޮސްޕިޓަލްގެ ކޯޓްޔާޑަށް ވަނީ މިސައިލެއް އަރައިފައެވެ.
ޣައްޒާގެ އެކި ސަރަހައްދު ތަކަށް ދިން ހަމަލާތަކުގެ ތެރެއިން އިޒްރާއިލުން ވަނީ ޣައްޒާގެ އަލް ޝަޠީ ރެފިޔުޖީ ކޭމްޕަށްވެސް ވަރުގަދަ ހަމަލާތަކެއް ދީފައި ކަމަށް ޤުދްސް ނެޓްވޯކުގައި ބުނެފައިވެއެވެ.
އިޒްރާއިލުން ހުއްޓުމެއް ނެތި ޣައްޒާއަށް ދެމުންދާ ހަމަލާތަކަށް 33 ދުވަސް ވެފައިވާއިރު ހަމަލާތަކުގައި 10500 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ޝަހީދު ކޮށްލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ