ޝަރުތު ހަމަ ނުވާ ކަމަށް ބުނެ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު، އިލެކްޝަންސް ކޮމިޝަން(އީސީ)އިން ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
މިކަން ހާމަކުރައްވައި، ރައީސް ޔާމީންގެ ރަނިންމޭޓް، އަދި އިސް ވަކީލު ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ސުޕްރީމް ކޯޓަށް ރައީސް ޔާމީންގެ ކެންޑިޑެސީގެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
ޑރ.ޖަމީލު ވިދާޅުވީ މިއަދު މިކުރަނީ ސަރުކާރުގެ ނުފޫޒުން ނިގުޅައިގަތް ޙައްގުތައް ކަށަވަރު ކުރުމުގެ މަސައްކަތް ކަމަށާއި ހައްގަށް ނަސްރު ލިބިގެންދާނެ ކަމަށެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވިދާނެ ހާލަތަކަށް ބައްލަވައި، ރައީސް ޔާމީން ވަނީ ޕީއެންސީގެ ފަރާތުން ވެސް ކެންޑިޑޭޓެއް ނެރެން އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕަށް އިރުޝާދު ދެއްވައިފައެވެ.
އެހެންކަމުން ކެންޑިޑޭޓެއް ކަނޑައެޅުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަމަށް އެނގިފައިވެއެވެ.
ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ