މޫސުން ގޯސް، ދަތުރު ކުރާއިރު ސަމާލުވޭ

މޫސުން ގޯސްވެ، މެދުރާއްޖޭގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން މި އެލަރޓް ނެރެފައިވަނީ ޅ. އަތޮޅުން ފެށިގެން ކ. އަތޮޅާއި ހަމައަށް، މިއަދު ހެނދުނު 08:00 އިން މެންދުރުފަހު 14:00 އާއިހަމައަށެވެ.
މެޓުން ބުނީ، މިވަގުތުތަކުގައި މި ސަރަޙައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ.
އެ އޮފީހުން އިތުރަށް ބުނީ ކުރިއަށް އޮތް ގަޑިތަކުގައި ރާއްޖޭގެ ކަނޑުތައްވެސް ގަދަވާނެކަމަށެވެ.
އެގޮތުން ވައިޖެހޭނީ އިރުއިތުރާއި އިރުން ގަޑިއަކު 13 މޭލައި 23 މޭލާއި ދެމެދުގެ ބާރުމިނުގައިކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިޖެހޭނެކަމަށް މެޓު އޮފީހުން ލަފާކުރެއެވެ.
އަދި މިގަޑިތަކުގައި ކަނޑުގެ ރާޅުތަކުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާއި ދެމެދުގެ އުސްމިނެއްގައިކަމަށް މެޓުން ބުނެއެވެ.
މޫސުން ގޯޯސްވީއިރު، ސްކޫލް ޗުއްޓީ އާއި ދިމާވެފައިވާއިރު، ކަނޑު ދަތުރު ކުރާ މީހުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ