މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ނާކާމިޔާބީ އާއި ކުރިމަތިވެ ވަޑައިގެންނެވި އަލްއުސްތާޒާ އާޒިމާ ޝުކޫރު އެމްއައިބީއަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމްގެ އިސްތިއުނާފް ބަލައިނުގަނެ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.
ސިވިލް ކޯޓުން މި ޖެނުއަރީމަހު 2 ވަނަ ދުވަހު އާޒިމާގެ މައްޗަށް ހުކުމް ކޮށްފައިވަނީ އެމްއައިބީ އިން އާޒިމާ އަށް ދޫކޮށްފައިވާ ލޯނަކަށް ގަވާއިދުން ފައިސާ ދައްކަމުން ނުދާތީ އެވެ. ކޯޓުން އެމްއައިބީއަށް ދައްކަން ހުކުމްކޮށްފައިވާ 4،030،856 ރުފިޔާގެ އިތުރުން 125،499 ރުފިޔާ ޗެރިޓީގެ ގޮތުގައި ދެއްކުމަށްވެސް އާޒިމާއަށް ކުރި ހުކުމްގައިވެއެވެ.
ފާއިތުވި ހަފްތާގައި ހައިކޯޓުން އިސްތިއުނާފްކުރި ހުކުމަކީ އާޒިމާއަށް ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމެއް ކަމުން، އެ ހުކުމް ބާތިލުކުރަން އެ ހުކުމެއް ކުރި ކޯޓަކަށް ހުށަހެޅިދާނެކަން އެނގެން އޮވެއެވެ. މި ސަބަބާހުރެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ހައިކޯޓުގެ ރަޖިސްޓްރާ ހާމަކޮށްފައިވެއެވެ.
މި މައްސަލާގައި އާޒިމް ވިދާޅުވީ އޭނާ އެމްއައިބީން ހަތަރު މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމެއް އިއްވީ ލޯނު ރީސްޓްރަކްޗާކުރުމަށް ވާހަކަ ދައްކަން ފަށައި ފައިސާ ދައްކާނެ ގޮތުގެ ޝެޑިއުލެއް ބޭންކަށް ހުށަހަޅާފައި ވަނިކޮށްކަމަށެވެ.އާޒިމާ އިތުރަށް ވިދާޅުވީ އެ ބޭންކުން ވަނީ ލޯނު ރީސްޓްރަކްޗާކުރުމާ މެދު ވަކި ގޮތެއް ކަނޑައެޅެންދެން ކޯޓުގައި ހިނގަމުން ދިޔަ މައްސަލަ މަޑުޖައްސައިލަން ކޯޓަށް ލިޔުމަކުން އަންގައި ދޭނެކަމަށް ޔަގީންކަންވެސް ދީފައިވާނެ ކަމަށެވެ.
އާޒިމާ ވަނީ އެއީ އޭނާ މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާތީ ބައި-އިލެކްޝަންއަށް ނުފޫޒު ފޯރުވަން ބޭންކިންގެ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފަށް ބޭންކުގެ ވަކި މުވައްޒަފަކު ކޮށްފައިވާ ކަމެއްކަމަށް ތުހުމަތު ކުރައްވާފައެވެ.
ހައި ކޯޓުން އާޒިމާ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ