އާދީއްތަ އިން ފެށިގެން ގޮވާމުން ޒަކާތް ބަލައި ގަންނަނީ

އަންނަ އާދީއްތަ ދުވަހުން ފެށިގެން ގޮވާމުން ޒަކާތް ބަލައިގަންނަން ފަށާނެ ކަމަށް ޒަކާތު ހައުސްއިން ބުނެފި އެވެ.
އެތަނުން ބުނީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރުވެސް ގޮވާމުން ޒަކާތް ދައްކަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އެގޮތުން، އާދީއްތަ ދުވަހުން ފެށިގެން، އަންނަ މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ގޮވާމުން ޒަކާތް ބަލައިގަންނާނެ ކަމަށް ޒަކާތު ހައުސް އިން ބުންޏެވެ.
މާލެ ސިޓީގައި ގޮވާމުން ޒަކާތް ބަލައިގަންނަން ހަމަޖެހިފައި ވަނީ އަމީނިއްޔާ ސްކޫލު ހޯލުގަ އެވެ. އާދީއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް، ހުކުރާއި ހޮނިހިރު ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ މެންދުރު ފަހު 1:00 އިން ހަވީރު 4:00 އަށް އަމީނިއްޔާ ސްކޫލުން ގޮވާމުން ޒަކާތް ބަލައިގަންނާނެ އެވެ.
އޭޕްރީލް 9 ވަނަ ދުވަހު ގޮވާމުން ޒަކާތް ބަލައިގަންނާނީ މެންދުރު 1:00ން އިރުއޮއްސި 6:00ށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުންޏެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮވާމުގެ ބާވަތްތަކަކީ އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ،
ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށެވެ. ޒަކާތުގެ ގޮތުގައި ނެރެން ޖެހެނީ އެ ބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން، ބޮލަކަށް، 2.4 ކިލޯގެ މިންވަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ