އީދު ނަމާދު ފަށާ ގަޑި 7:00 އަށް ހެދުމަށް ފަތުވާ މަޖިލީހާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިއްތިފާގުވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް މިހެން ވިދާޅުވީ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށް ބޭއްވި ޖަލްސާ ނިންމަވާލެއްވުމަށްފަހު ފަލަކީ ކޮމިޓީގެ މެންބަރުންނާ މަޝްވަރާ ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ޝަހީމް ވަނީ މިކަމުގައި ފަލަކީ ކޮމިޓީގެ މަޝްވަރާއަށްވެސް އެދި ވަޑައިގެންފަ އެވެ.
ޒަމާނުއްސުރެ ރާއްޖޭގައި އީދު ނަމާދު ކުރަމުން އަންނަނީ 7:30 ގަ އެވެ. ނަމަވެސް ގަޑި ބަދަލު ކުރަން މިނިސްޓަރު ޝަހީމް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެގަޑި އަކީ ހޫނު ގަދަ ގަޑިއެއްކަމުން ރައްޔިތުންނަށް ލުއި ފަސޭހަ ވާނެ ގޮތަށް މިކަން ހަމަޖެއްސުމަށެވެ.
މިއީ 7:30 ގައި އީދު ނަމާދު ކުރުމަށް ނިންމި ފަހުން އެ ގަޑިއަށް ބަދަލު ގެންނަ ފުރަތަމަ ފަހަރެވެ. މި ކަމަށް ދީނީ ވަރަށް ގިނަ އިލްމުވެރިންގެ ތަރުހީބު ވަނީ ލިބިފަ އެވެ. އަދި މިއީ ކުރަން ލަސްވެފައިވާ ކަމެއްކަމަށްވެސް ބައެއް އިލްމުވެރިން ބުނެފައިވެ އެވެ.
    
    އީދު ނަމާދު ފަށާ ގަޑި 7:00 އަށް ހަދަން ފަތުވާ ކޮމިޓީއާއި މައުމޫން އެއްބަސްވެއްޖެ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
             
            