މޫސުން ތަންނުދޭތީ މިނިވަން ދުވަހުގެ ޕެރޭޑް ފަސްކޮށްފި

މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ އެމްއެންޑީއެފްގެ "
ޝަރަފުގެ ހިނގާލުން " މޫސުން ތަންނުދިނުމުގެ ސަބަބުން ފަސްކޮށްފިއެވެ.
އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މޫސުން ތަންނުދޭތީ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޝަރަފުގެ ހިނގާލުން ފަހުގެ ތާރީޚަކަށް ފަސްކޮށްފައިވާ ކަމަށެވެ.
މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއްަދު ވަނީ ހުދު ސަމާލު ނެރެފައެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، އެކިސަރަހައްދުތަަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ދުވަހާ ގުޅިގެން ބާއްވާ ރަސްމީ ޖަލްސާ މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމާ މުޚާތަބުކުރައްވާ ވާހަކަދައްކަވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ