ޝާހިދުގެ ބައްޕާފުޅު އަވަހާރަވެއްޖެ

އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބައްޕާފުޅު މޫސާ ޖަލީލް މިއަދު އަވަހާރަވެއްޖެއެވެ.
ޝާހިދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ބައްޕާފުޅު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. ޝާހިދުގެ ބައްޕާފުޅު އާލާސްކަންފުޅާ އުޅުއްވާތާ މިހާރު ދުވަސްކޮޅެއްވެއްޖެއެވެ. އަދި ގަވައިދުން އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ވެސް ހޯއްދަވަމުން ގެންދެވިއެވެ.
ޖަމީލް އަވަހާރަވިއިރު، އަނބިކަނބަލުން މައުމޫނާ ވަޖީހު އާއި ތިން ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ