އީދު ބަންދުގައި މޫސުން ރަނގަޅު، އެކަމަކު ކަނޑު އާދައިގެ ވަރަކަށް ގަދަވާނެ

އީދު ބަންދުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައި ވަނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 18-8 މޭލު ބާރުމިނުގަ އެވެ. އެހެންކަމުން ކަޑު އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެ އެވެ.
ކުރިއަށް އޮތް އީދު ބަންދުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޫސުން ރަގަޅު ވާނެ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.
މެޓް އޮފީހުން މިއަދު ބުނީ އީދު ދުވަހާއިއެކު، ކުރިއަށް އޮތް ފަސް ދުވަހު ބައެއް ރަށްރަށަށް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ނަމަވެސް އެ ރަށްރަށަށް ވެސް ދުވަހުގެ ބޮޑު ބައިގައި މޫސުން ރަގަޅު ވާނެ ކަމަށެވެ.އީދު ބަންދުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައި ވަނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 18-8 މޭލު ބާރުމިނުގަ އެވެ. އެހެންކަމުން ކަޑު އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެ އެވެ. ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައި ވަނީ ފަސް ފޫޓާއި ތިން ފޫޓާއި ދެމެދުގަ އެވެ.ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، އީދު ބަންދުގައި ގިނަ ބަޔަކު އެއް ރަށުން އަނެއް ރަށަށް ކަނޑު މަގުން ދަތުރު ކުރާނެ އެވެ. އެހެންކަމުން އެކަމަށް ސަމާލުވާން އެ އިދާރާއިން ވަނީ އެދިފަ އެވެ.އީދު ދުވަހަކީ މިމަހުގެ 16 ވަނަ ދުވަހެވެ. އެ ހަފްތާ އެއްކޮށް ބަންދު ވާނެ އެވެ. ދެން ސަރުކާރާއި ސްކޫލްތައް ހުޅުވޭނީ މިމަހުގެ 23 ވަނަ ދުވަހު އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ