މަޖީދިއްޔާ ކައިރިން ކަރަންޓް ކޭބަލެއް ވަގަށް ނެގި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

މަޖީދިއްުޔާ ސަރަހައްދަށް ކަރަންޓްދޭން ސްޓެލްކޯއިން ބަހައްޓާފައި ހުންނަ ޓްރާންސްފޯމަރަކަށް ގުޅާފައި ހުރި ކޭބަލެއް މިދިޔަ އަންގާރަ ދުވަހު ވަގަށް ބުރިކުރި މައްސަލާގައި މިއަދު މީހަކު ހައްޔަރުކޮށްފި އެވެ.ފުލުހުން ބުނީ މި މައްސަލާގައި 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.މި ކޭބަލްތައް ވަގަށް ނެގީ މިދިޔަ އަންގާރަ ދުވަހު އެވެ. ފުލުހުންނަށް އެ މައްސަލަ ރިޕޯޓްކޮށްފައި ވަނީ އެ ދުވަހުގެ ހެނދުނު 6:21 ހާއިރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ