އިސްދޫ ދާއިރާގެ މެމްބަރު ޖޭޕީ ދޫކުރައްވައި، އެމްޑީޕީއަށް ސޮއިކޮށްފި

ޖުމްހޫރީ ޕާޓިގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާއަށް އިންތިހާބުވި އަލީ ހަމީދު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
އަލީ ހަމީދު އެމްޑީޕީއަށް ސޮއިކުރެއްވީ މިއަދު މުލިއާގޭގައި ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި އެމްޑީޕީގެ އިސް ލީޑަރ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރު އެމްޑީޕީ ލީޑާޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އަލީ ހަމީދު އެމްޑީޕީއަށް ސޮއިކުރުމާއެކު މަޖިލީހުގައި އެމްޑީޕީގެ މެމްބަރުންގެ އަދަދު މިވަނީ 67 އަށް އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ