ގައުމަށް ހެޔޮގޮތް ހޯދުމަށް އެކުވެރިވާންޖެހޭ: ގާސިމް

ދިވެހި ގައުމަށް ހެޔޮގޮތް ހޯދުމަށް އެކުވެރިވާންޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ސުނާމީ ކާރިސާއާ ގުޅިގެން ފާހަގަކުރަމުން އަންނަ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ މި މުހިންމު ދުވަހުގައި ޢަޒުމު އާކުރަންވީ އާ ހިތްވަރަކާއި އެކު އެކުވެރިކަމާއި އެއްބައިވަންތަކަން އަލުން ދިރުވުން ކަމަށެވެ.
"ޤައުމަށް ދިމާވާ ކޮންމެ ނިކަމެތިކަމަކުން އަރައިގަތުމުގައި ރައްޔިތުންގެ އެއްބައިވަންތަކަމަކީ ކޮންމެހެން ލާޒިމް ކަމެއް ކަމުގައި ދެކި ދިވެހި ޤައުމަށް ހެޔޮ ގޮތް ހޯދުމަށް އެކުވެރިވެ އަބަދުވެސް އަތުގުޅާލައިގެން ތިބުމަކީ ޤައުމުގެ ހައްޤުގައި ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް،" ގާސިމް ވިދާޅުވި އެވެ.
ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ތަހްނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން! ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހަކީ 2004 ވަނަ އަހަރު ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ބިރުވެރި ސުނާމީގެ ބިޔަ ރާޅުގައި ރާއްޖޭގެ… pic.twitter.com/XZmd2Pqjrl
— Qasim Ibrahim (@qasimibrahim) December 26, 2024
ސުނާމީ ކާރިސާގައި ރާއްޖެއިން ޖުމުލަ 82 މީހަކު ނިޔާވިއިރު 26 މީހަކު ވީ ގޮތެއް ނޭނގި ގެއްލިފައިވެ އެވެ.
ސުނާމީ ކާރިސާއަށް 20 އަހަރު ފުރިފައިވާއިރު، އެ ދުަވސް ފާހަގަކުރަމުން އަންނަނީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގަ އެވެ. މިއީ ސުނާމީގައި ދިވެހިން ދެއްކި އެއްބައިވަންތަކަމާއި އަހުވަންތަކަމާ ގުޅިގެން ފާހަގަ ކުރާ ދުވަހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ