ފީއަލީ އަލިފާނުގެ ހާދިސާ: ތެޔޮ ދޯނީގެ ބިދޭސީއަކު ފިހިގެން ފަރުވާދެނީ

މިއަދު ހެނދުނު ފ. ފީއަލީ ޕެޓްރޯލްޝެޑާއި ބަނދަރުގައި އޮތް ފަސް އުޅަނދެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ބިދޭސީއަކު ފިހިގެން ފަރުވާ ދެމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ވީ ކިހިނެއް؟- އެނގިފައިވާ ގޮތުގައި އެންމެ ފުރަތަމަ ރޯވީ، ޕެޓްރޯލްޝެޑާއި އެތަނުން ތެޔޮ އަޅަން ގާތްކޮށްފައި އޮތް ބީރައްޓެހި ތެޔޮ ދޯންޏެއްގަ އެވެ. ފިހިފައިވަނީ އެ ތެޔޮދޯނީގައި ހުރި ބިދޭސީއެކެވެ.
އެމްއެންއެޑީއެފުން ބުނީ އެ މީހާ ވަރަށް ބޮޑަށް ފިހިފައިވާއިރު، އެ ރަށު ސިއްހީ މަރުކަޒުގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށެވެ.
ތަފްސީލު- ފުރަތަމަ ރޯވީ ޕެޓްރޯލްޝެޑާއި ތެޔޮދޯނީގައި ނަމަވެސް މާގިނަ އިރުތަކެއް ނުވެ، އަލިފާންގަނޑު ފެތުރި، ބަނދަރުގައި އަޅާފައި އޮތް އިތުރު އުޅަނދުތަކެއް ވަނީ ރޯވެފަ އެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި:
ބަނދަރުގައި އޮތް ދެ ދޯންޏާއި ޑިންގީއެއް ވަނީ އަނދާފައި
އަދި އެ ސަރަހައްދުގައި ހުރި އައިސްޕްލާންޓުގައި ވެސް ވަނީ އަލިފާން ހިފާފައި
ފިއުލްޝެޑްގެ ޑިސްޕެންސަރާއި ޝެޑުގެ ބައިތަކުގައި އަލިފާން ރޯވެފައިވޭ
އެމްއެންޑީއެފުން އާއްމުކޮށްފައިވާ ފޮޓޯތަކަށް ބަލާއިރު، އެ އުޅަނދުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ.
މި އަލިފާންގަނޑު މިހާރު ވަނީ ސިފައިން ކޮންޓްރޯލްކޮށްފަ އެވެ. އަލިފާން ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ