ގޭހުގެ އާ ޝިޕްމެންޓު ލިބި 10 ކިލޯގެ ގޭސް ފުޅި ވިއްކަން ފަށައިފި

ގޭހުގެ އާ ޝިޕްމެންޓެއް ލިބި، ލިމިޓު ކޮށްގެން ގޭސް ވިއްކުން މޯލްޑިވް ގޭހުން ނިމުމަކަށް ގެނެސްފި އެވެ.
ވީ ކިހިނެއް؟ - މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ގޭހުގެ ސަޕްލައިއަށް ލޮޅުން އަރައި، ރާއްޖެއަށް ވެސް ގޭސް ލިބުން ދަތިވެ، މޯލްޑިވް ގޭހުން ވަނީ 10 ކިލޯގެ ގޭސް ފުޅީގައި 5 ކިލޯގެ ގޭސް ވިއްކައިފަ އެވެ.
ތަފްސީލް - މޯލްޑިވް ގޭހުގެ ބެލެނިވެރި ކުންފުނި އެސްޓީއޯ އިން މިއަދު ބުނީ ގޭހުގެ އާ ޝިޕްމެންޓެއް ލިބިފައިވާ ކަމަށާއި ކައްކާ ގޭހުގެ ދަތިކަން މިހާރު ހައްލުކޮށް 10 ކިލޯގެ ގޭސް ފުޅި މިހާރު މޯލްޑިވް ގޭހުން ލިބޭނެ ކަމަށެވެ.
އެނގުން މުހިންމު - ތެލާއި ގޭސް ލިބުމުގައި ހުރި ދަތިތަކުގެ ގިނަ ގައުމުތަކަކަށް ވަނީ ކޮށްފަ އެވެ. އެގޮތުން އަވައްޓެރި އިންޑިއާގައި ގޭހުގެ ދަތިކަން ކުރިމަތިވެ ބައެއް ރެސްޓޯރެންޓުތަކަށް އޭގެ އަސަރު ވަނީ ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ