ހުޅުމާލޭގެ މިސްކިތްތައް ކައިރީ ޕާކުކޮށްފައި ހުންނަތާ ގިނަ ދުވަސްވީ އުޅަނދުތައް ނަގަން ފުލުހުން މިއަދު އެދިއްޖެ އެވެ.
ތަފްސީލް - ފުލުހުން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ، މިސްކިތް ހިމެނޭ ސަރަހައްދުތަކުގައި ގިނަ ދުވަސްވަންދެން ޕާކުކޮށްފައިވާ އުޅަނދުތައް ނަގައިދިނުމަށް އެ އުޅަނދުތަކުގެ ވެރިފަރާތްތަކުގެ ކިބައިން އެދިފަ އެވެ.
ފުލުހުން ބުުނީ އެ އުޅަނދުތައް ނަގަނީ މިސްކިތްތަކަށް އަރާ މީހުންނަށް ފަސޭހައިން ޕާކުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ކަމަށެވެ.
ފާހަގަކޮށްލެވޭ ކަމެެއް - ރޯދަމަހު، ހާއްސަކޮށް ތަރާވީސް ނަމާދާ ދިމާކޮށް މިސްކިތްތައް ފުރި މަގުމަތީގައި ވެސް ބޮޑެތި ޖަމާއަތްތައް އޮވެ އެވެ. ބައެއް މިސްކިތްތަކުގެ ކައިރީ ޕާކުކުރަން އެކަށީގެންވާ ޖާގަ ނޯންނާތީ، ދުރުގައި ޕާކުކޮށްފައި މިސްކިތްތަކަށް އަރަންޖެހޭ ފަހަރުތައް ވެސް ގިނަ އެވެ.
ހުޅުމާލޭގެ މިސްކިތްތައް ކައިރިން ގިނަ ދުވަސްވީ އުޅަނދުތައް ނަގަން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ