ރާއްޖެއަށް މުދާ އެތެރެކުރާ ބަނދަރުތައް ބަލަހައްޓާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޯޑު މެންބަރުކަމާއި އަދި އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް އިބްރާހިމް ޒިޔަތު މިއަދު އައްޔަނުކޮށްފި އެވެ.
އެމްޕީއެލް ހިންގުމުގައި ދެވަނައަށް އެންމެ މަތީ މަގާމު ކަމަށްވާ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ޒިޔަތު އައްޔަނުކުރިއިރު ހަމަ އެ މަގާމުގައި ދެ މީހަކު ތިއްބެވެ. އެއީ މުހައްމަދު މުއީން އާއި އަލީ ހާޝިމް އެވެ. މިއާއެކު އެމްޕީއެލްގައި މިވަގުތު ތިން ޑެޕިއުޓީ ސީއީއޯއިން އެބަތިއްބެވެ.
ޒިޔަތު ވަނީ 2013 ވަނަ އަހަރު އުފެދުނު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ވެރިކަމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯގެ މަގާމު ފުރުއްވާފަ އެވެ. އޭގެ ކުރިން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ބޯޑު ޑިރެކްޓަރުކަން ކުރެއްވި އެވެ.
އެމްޓީސީސީގެ ސައިޓްތަކުގައި މަސައްކަތް ކުރުމަށް ބިދޭސީން ރެކްރޫޓް ކުރުމަށްޓަކައި، 53 ބިދޭސީން ގެނައުމަށް އުސޫލާ ހިލާފަށް ޖޮބް އޯޑާއެއް ހެދުމުން އޭނާގެ މައްޗަށް ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމުގެ ކުށުގެ ދައުވާ ކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީީ) އޮފީހަށް އޮކްޓޯބަރު 2021، ގައި ފޮނުވި އެވެ. އެ ދައުވާއަށް ފަހުންވީ ގޮތެއް ނޭނގެ އެވެ.
އެމްޕީއެލްއަށް ތިންވަނަ ޑެޕިއުޓީ ސީއީއޯއެއް، މިފަހަރު އައްޔަނުކުރީ ޒިޔަތު އެމްޕީއެލްއަށް ތިންވަނަ ޑެޕިއުޓީ ސީއީއޯއެއް، މިފަހަރު އައްޔަނުކުރީ ޒިޔަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ