ރާއްޖޭގައި ރައްކާކުރެވެނީ 20 ދުވަހުގެ ތެލުގެ ސްޓޮކެއް ކަމަށާއި ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު (އަންނި) ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެސްޓީއޯ އަދި ޕްރައިވެޓް ސެކްޓަރ ހިމެނޭހެން ރާއްޖޭގައި ރައްކާކުރެވެނީ 70 މިލިއަން ލީޓަރގެ ޑީސަލް އާއި 25 މިލިއަން ލީޓަރގެ ޕެޓްރޯލްކަމަށްވާއިރު އެއީ 20 ދުވަހުގެ ސްޓޮކެއް ކަމަށެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖެ މިވަނީ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި ކަމަށާއި ދަތުރު ފަތުރުގެ އަގުތަށް ބޮޑުވާނެކަމަށެވެ.
" ދިވެހި ރާއްޖެ މި ވަނީ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި، ޕެޓްރޯލްގެ އަގި ލީޓަރެއް 28 ރުފިޔާއަށް އަރައިފި، ދަތުރުފަތުރުގެ އަގު ބޮޑުވާނެ، ސަރުކާރުގެ ސަމާލުކަން އިންތިހާބަށް އަމާޒުވެއްޖެނަމަ ރައްޔިތުންނަށް ލިބޭ ގެއްލުންބޮޑުވާނެ." ނަޝީދު ވިދާޅުވި އެވެ.
އިރާނު ހަނގުރާމައާ ގުޅިގެން، އެސްޓީއޯ އަދި އެފްއެސްއެމް ގެ ޝެޑުތަކުން ވިއްކާ ތެލުގެ އަގު އެންމެ ފުރަތަމަ ބޮޑުކުރީ މާޗު 5، ގަ އެވެ. އެ ދުވަހު 13.50ރ. އަށް ހުރި ޕެޓްރޯލް ލީޓަރެއް 16.01ރ. ބޮޑުކުރިއިރު 13.92ރ ހުރި ޑީސަލް ލީޓަރެއްގެ އަގު 17.54ރ. ބޮޑުކުރި އެވެ. މިއަދު ޕެޓްރޯލް ލީޓަރެއް މިއަދު ވިއްކަނީ 29.30ރ. އަށެވެ. ޑީސަލް ލީޓަރެއް ވިއްކަނީ 29.51ރ. އަށެވެ.
ނަމަވެސް ހަފުތާއެއްހާ ދުވަސްކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު ބޮޑުވެދާނެ ކަމަށް ކަންބޮޑުވާން ނުޖެހޭ ކަމަށެވެ. މަހެއްހާ ދުވަހުގެ ތެޔޮ ރައްކާކޮށްފައި ހިރިކަމަށެވެ.
ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑު: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ