އެލައިޑް އިންޝުއަރެންސްގެ އިންސްޓަގްރާމް ފޮލޯވަރުންނަށް ހާއްސަކޮށްގެން، އެންމެ ފަހުގެ އައިފޯން 17 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު ލިބޭ “އެލައިޑް އައިފޯން ޑްރޮޕް” ގިވްއަވޭ ކެމްޕެއިން މިއަދު އިއުލާންކޮށްފިއެވެ. މި ކެމްޕެއިނަކީ އެލައިޑުގެ ސޯޝަލް މީޑިއާ ފޮލޯވަރުންނަށް އަގުހުރި ހަދިޔާއެއް ދިނުމަށް ހުޅުވާލި ފުރުސަތެކެވެ.
މި މަހުގެ 10 އިން ފެށިގެން އަންނަ އޭޕްރިލް މަހުގެ 10 ގެ ނިޔަލަށް ކުރިއަށްދާ މި ކެމްޕެއިނުގައި ބައިވެރިވުމަށްޓަކައި އެލައިޑްގެ އިންސްޓަގްރާމް ޕޭޖް ފޮލޯކުރަން ޖެހެއެވެ. މީގެ އިތުރުން، އެލައިޑުން އާންމުކޮށްފައިވާ މި ކެމްޕެއިނުގެ ޕޯސްޓުގެ ކޮމެންޓް ސެކްޝަންގައި ތަފާތު 6 އެކުވެރިން ޓެގްކޮށް، އެ ޕޯސްޓު އަމިއްލަ އިންސްޓަގްރާމް ސްޓޯރީގައި ޝެއަރ ކުރަން ޖެހޭނެއެވެ.
މި ޕްރޮމޯޝަނުގައި ގިނަ ކޮމެންޓްތައް ކުރާ ފަރާތްތަކަށް ގުރުއަތުން ހޮވުމުގެ ފުރުސަތު ބޮޑުވާނެއެވެ. ނަމަވެސް ކޮންމެ ކޮމެންޓެއްގައި ވެސް ތަފާތު 6 ބޭފުޅުން ޓެގްކުރަން ޖެހޭނެއެވެ. ޕްރައިވެޓް އެކައުންޓް ގެންގުޅޭ ފަރާތްތަކުން ސްޓޯރީއަށް ޕޯސްޓް ކުރުމަށްފަހު، އޭގެ ސްކްރީންޝޮޓެއް އެލައިޑްގެ އިންސްޓަގްރާމް މެސެޖަށް ފޮނުވުމުން ބައިވެރިވުން ކަށަވަރުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެލައިޑް އިންޝުއަރެންސްގެ އުންމީދަކީ ވީހާވެސް ގިނަ ބޭފުޅުން މި ކެމްޕެއިނުގައި ބައިވެރިވެ، އެކުވެރިން ޓެގްކޮށް، މި އަގުހުރި ފުރުސަތުގެ ބޭނުންހިފުމެވެ. މިއީ އެންމެ ފަހުގެ އައިފޯން ހޯދުމަށް އެލައިޑުން ދިން ރަން ފުރުސަތެކެވެ.
ލައިލަތުލް ޤަދްރީގެ ހެޔޮކަން ލިބިގަތުމަށްޓަކައި ކުރުން އެދެވިގެންވާ ބައެއް ކަންކަމާއި ލަފާކުރެވޭ އަޖުރު ރޯދަމަހުގެ ފަހު ދިހައެއްގައި ރައްކާތެރިވާންވީ ބައެއް މުހިއްމު ކަންކަން ސާފުކުރި ތެލަށް ޖެހިދާނެކަމުގެ އިންޒާރު! ރަޝިޔާގެ ޖާސޫސީ ރިޕޯޓް މަގުބޫލު ލިޔުންތ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ