ދިރާގުން ދޭ ދެވަނަ ލޯންޗުގެ ނަސީބުވެރިޔާ ހޮވުން އަންނަ ޖޫންގައި

ދިރާގުން ކުރިއަށްގެންދިޔަ ފޯރިގަދަ "ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގެ ދެވަނަ ނަސީބުވެރިޔާ، ޖޫން މަހުގެ ތެރޭގައި ހޮވާނެކަން ދިރާގުން އިއުލާންކޮށްފި އެވެ.މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކަށް 'އަލް ޝާލީ މެރިން ކެނެރީ 28' މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެއް ލިބޭނެ އެވެ. އެ އުޅަނދަކީ 250 ހޯސްޕަވަރުގެ ޔަމަހާ އައުޓްބޯޑް އިންޖީނު އަޅާފައިވާ، އޭގެ ފަރުމާގެ ފުރިހަމަކަމާއި ބާރުމިނުގެ ސަބަބުން ކަނޑުމަތީގެ އެކި ބޭނުންތަކަށް އެކަށީގެންވާ އުޅަނދެކެވެ.މި ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ މިދިޔަ ޖެނުއަރީ މަހު ހޮވައި މިހާރު ވަނީ ލޯންޗު ހަވާލުކޮށްފަ އެވެ. އެހެންކަމުން، މިހާރު ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަނީ އެންމެ ފަހު ނަސީބުވެރިޔަކީ ކޮބައިތޯ ބެލުމަށެވެ.މި ޕްރޮމޯޝަނަކީ ދިރާގުގެ ޕްރިޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑްގެ ހިދުމަތް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ފުރުސަތެކެވެ.ފުރަތަމަ ބުރުގައި ބައިވެރިވި ފަރާތްތައް ވެސް ދެވަނަ ގުރުއަތުލުމުގައި ހިމެނޭނެ އެވެ. އެންމެ ފަހުގެ ލޯންޗު ހާސިލުކުރުމުގެ ފުރުސަތު ދެމެހެއްޓުމަށްޓަކައި، ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަކޮށް، ހިދުމަތްތައް މެދުނުކެނޑި ބޭނުންކުރުމަށް ދިރާގުން އިލްތިމާސްކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ