މޮރޮކޯގެ ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތެއްގެ ފުރުޞަތު ދިވެހިންނަށް ހުޅުވާލައިފި

މި އަހަރު މޮރޮކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ލިބިފައިވާކަމަށް ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުން އިޢުލާންކޮށްފިއެވެ.
މި މުބާރާތުގައި ހިމެނޭ ދެ ކެޓެގަރީ:
- ކެޓެގަރީ 2: ވިދިވިދިގެން ގުރްއާނުގެ ފަސް ހިޒްބު (2 ފޮތާއި ބައި ފޮތް) ތަޖުވީދުގެ ހަމަތަކާއެކު ތަރުތީލުކޮށް ނުބަލައި ކިޔެވުމުގެ ބައި
ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުން މަޢުލޫމާތު ދިން ގޮތުގައި، މި މުބާރާތަކީ ދެ ޖިންސުގެ ބައިވެރިންނަށްވެސް ފުރުޞަތު އޮތް މުބާރާތެކެވެ. މުބާރާތަށް ބައިވެރިން ހޮވުމުގައި، ކުރިމަތިލާ ފަރާތްތަކުގެ މެދުގައި އެ މަރުކަޒުން އިމްތިހާނެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން، މުބާރާތަށް ހޮވޭ ބައިވެރިޔަކީ އުމުރުން 18 އަހަރު ނުފުރޭ ކުއްޖެއްނަމަ، ނުވަތަ އަންހެން ބައިވެރިއެއް ނަމަ، ނުވަތަ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތެއްނަމަ، އެ ބައިވެރިޔަކާއެކު އެއް ބެލެނިވެރިއަކު ދިއުމުގެ އިންތިޒާމް މުބާރާތް އިންތިޒާމުކުރާ ފަރާތުން ހަމަޖައްސައިދޭނެ ކަމަށްވެސް އެ މަރުކަޒުން ބުނެއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މެއި މަހުގެ ފަސްވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، އެ މަރުކަޒުން ކަނޑައަޅާފައިވާ ގޫގުލް ފޯމު ފުރިހަމަކޮށް ހުށަހެޅުމަށް ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ