އީރާނާއި އެމެރިކާގެ މަޝްވަރާތައް ހުއްޓި ތެލުގެ އަގު 110 ޑޮލަރަށް

އީރާނާއި އެމެރިކާގެ މަޝްވަރާތައް ހުއްޓި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 110 ޑޮލަރާ ކައިރިކޮށްފިއެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިއުމުގެ ސިލްސިލާ ކުރިއަށްދާއިރު، އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، ބްރެންޓް ކުރޫޑް ފީފާއެއްގެ އަގު ހުރީ ގާތްގަނޑަކަށް 109.3 ޑޮލަރުގައެވެ. މީގެ އިތުރުން ވެސްޓް ޓެކްސަސް އިންޓަރމީޑިއަޓް (WTI) ގެ އަގު ވަނީ 97.31 ޑޮލަރަށް އުފުލިފައެވެ.
މިހާރު ހިނގަމުންދާ އީރާނު ހަނގުރާމައަށް 10 ހަފުތާ ވެފައިވާއިރު، ތެލުގެ ބާޒާރަށް މި ލޮޅުން އައީ އީރާނުގެ ބަނދަރުތައް އެމެރިކާގެ ކަނޑުގެ ސިފައިން ހިސާރުކުރުމާއި، އޭގެ ރައްދުގައި އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ