ނަޝީދެއްނޫން ކޮންމެ މީހަކު ނުކުތަސް މަގުމަތިން މި ވެރިކަން ވައްޓާލާކަށް ލާހިކެއް ނޫން: އައިބީ

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީއަށް ނިސްބަތްވާ ގިނަ ބަޔަކު މަގުމައްޗަށް ނުކުތް ނަމަވެސް، މަގުމަތިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މި ވެރިކަން ވައްޓާނުލެވޭނެ ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) މިއަދު ވިދާޅުވެއްޖެއެވެ. އައިބީ މިފަދައިން ވިދާޅުވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުންނެވެ. މި ބިލަކީ އަތޮޅު ކައުންސިލްތައް އުވައިލުމަށް ނިންމާފައިވާ ނިންމުން ބަދަލުކޮށް، އެ ކައުންސިލްތައް އަލުން ރުޖޫއަކުރުމަށް ހުށަހަޅާފައިވާ ބިލެކެވެ. މެންބަރު ކުޑޫ ވިދާޅުވި ގޮތުގައި އަތޮޅު ކައުންސިލްތައް އުވައިލުމަކީ ލާމަރުކަޒީ ނިޒާމަށް ލިބުނު އުނިކަމެއް ކަމަށާއި، މިއީ ރައްޔިތުންގެ ރުހުމެއް ނެތި ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ގެންނެވި ބަދަލެކެވެ. މި އިސްލާހަށް ރައްދުދެއްވަމުން އައިބީ ވިދާޅުވީ މިއީ ސަރުކާރަށް ޖެއްސުން ކުރުމަށްޓަކައި މަކަރުވެރި ރޭވުންތަކެއްގެ ތެރެއިން މަޖިލީހަށް ވައްދާފައިވާ ބިލެއް ކަމަށެވެ. އަދި އަތޮޅު ކައުންސިލްތަކަކީ ލާމަރުކަޒީ ނިޒާމު ވުޖޫދުވިއިރު ވެސް އޮންނަން ޖެހޭ އެއްޗެއް ނޫން ކަމަށާއި، ރަށްރަށުގެ ކައުންސިލްތައް އެކުލަވާލާފައިވަނީ ވެސް އެއްވެސް އުސޫލަކުން ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އައިބީ ވިދާޅުވީ މި ގާނޫނަށް އިސްލާހު ގެންނަންޏާ ގެންނަން ވަރަށް މުހިންމު ކަންކަން އެބަހުރި ކަމަށެވެ. އައިބީ ވިދާޅުވީ އިސްލާހުތަކޭ ވިދާޅުވެ ތާކުންތާކު ނުޖެހޭ އިސްލާހުތައް މަޖިލީހަށް ވައްދައިގެން ކަންކަން ގޯސްކުރަން އިދިކޮޅުން މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ފެންނަނީ އަބަދުވެސް ކޮންމެވެސް މޮޅު އެއްޗެއް ބުނެގެން މައްސަލަ ގޯސްކޮށް ފިތުނަ އުފައްދައިގެން ގައުމު ހަލަބޮލިކުރަން ކުރަން އުޅޭ ތަން ކަމަށް އައިބީ ވިދާޅުވިއެވެ. ކަމަށެވެއަދި އެފަދަ ކަންކަން ކުރަނީ ގައުމު ހަލަބޮލިކޮށް ބަޣާވާތްކޮށް ވެރިކަން ވައްޓާލަން ބޭނުންވާ މީހުންކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން މުޅި ގައުމުގެ އިގްތިސާދުވެސް އެއްކޮށް ފުނޑިގެން ހިނގައްޖެ ކަމަށާއި އެއީ ސީދާ އިދިކޮޅުން ހިނގި "ބަޣާވާތެއް" ކަމަށް ވެސް އައިބީ ވިދާޅުވިއެވެ. "10 އަހަރު ވެރިކަން ކުރަން ދިނީމަ ކީއްތޯ ކުރީ. ކޮންކަމެއްތޯ ކުރެވުނީ. މުޅި ގައުމު ފުނޑާލީއޭ. މައުމޫން ވެރިކަމުން ފޭބިއިރު ދަރަނި އޮތީ ހަ ބިލިއަނުގައޭ. ވެރިކަން ކޮށްފައިފޭބީ މުޅި ގައުމު ދަރުވާލާފައި. އެވަރުން ވެސް މަގުމައްޗަށް ނުކުމެ ވެރިކަން ވައްޓާލަން، ލާހިކެއް ނޫން ނަޝީދަކަށް ވެސް މި ވެރިކަން ވައްޓާލާކަށް،" އައިބީ ވިދާޅުވިއެވެ. އައިބީ ވިދާޅުވީ ވާހަކަދެއްކެނީ ހަމައެކަނި އިދިކޮޅަށް އެކަންޏެއް ނޫން ކަމަށާއި ސަރުކާރުގެ މެމްބަރުންނަށް ވެސް ވާހަކަދައްކާ ޖެއްސުން ކުރެވޭނެ ކަަމެވެ. އެހެން ނަމަވެސް އެއީ ހަޑިހުތު މަންޒަރުތަކަށް ވާތީ އެކަން ނުކުރަން ތިބެނީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ