''ސީފުޑް ވޮޗް'' އިން ކަނޑުމަހުގެ މަސްވެރިކަމަށް ދިން ފުރަތަމަ ރޭޓިން ރާއްޖެއަށް ދީފި

މިކަން ހާމަކޮށް، ފިޝަރީޒް މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ރާއްޖެއަށާއ،ި ދުނިޔޭގެ ފެންވަރުގައި ދެމެހެއްޓެނިވި މަސްވެރިކަން ވަޒަންކުރުމުގައި ލިބުނު ތާރީޚީ ކުރިއެރުމެއް ކަމަށެވެ.
އެބަޔާނުގައި ވާގޮތުން، މި ރޭޓިންގ އާއިއެކު، ސީފުޑް ވޮޗްއިން ރާއްޖޭގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި މަސްވެރިކަމެއްގެ ގޮތުގައި ކަނޑައަޅާފަ ވާކަމަށާއި، މިއާއެކު، އިންޑިއާ ކަނޑުގެ އެކި ސަރަޙައްދުތަކުގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމުގެ ދެމެހެއްޓެނިވިކަމާގުޅޭ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، މުޅި ސަރަޙައްދުންވެސް ކަނޑުމަހުގެ ވިޔަފާރީގައި އިޚްތިޔާރުކުރަން އެންމެ ރަނގަޅު ނުވަތަ "ބެސްޓް ޗޮއިސް"އަކީ ރާއްޖެ ކަމަށް ރޭޓްކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ