ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި

ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.
މިއީ ނުރަސްމީ ދަތުރުފުޅެއް ކަމުން ދަތުރުފުޅުގެ އެއްވެސް ތަފްސީލެއް ހާމައެއް ނުކުރާނެ އެވެ. ދަތުރުފުޅަށް ފަހު އެނބުރި ވަޑައިގަންނަވާނެ ތާރީހެއް ވެސް ސަރުކާރުން ނުބުނެ އެވެ.
މީގެ ކުރީން ވެސް ރައީސްގެ ދެކަނބަލުން ވަނީ ނުރަސްމީ ދަތުރުފުޅުތަކުގައި ސިންގަޕޫރަށް ވަޑައިގެންފަ އެވެ. އެންމެ ފަހުން އެ ގައުމަށް ވަޑައިގެންނެވީ އޮގަސްޓް މަހުގެ ކުރީކޮޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ