ވައްކަން ކުރިކަމުގެ ތުހުމަތުގައި މީހަކަށް އަނިޔާކޮށް، މޫދަށް އެއްލާލި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟- ވައްކަން ކުރި ކަމުގެ ތުހުމަތުގައި މަގުމަތީގައި ފިރިހެނަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މިދޭތެރެއިން އާއްމުވި އެވެ. އެއިން ފެންނަނީ ފިރިހެނަކު ލައިގެން ހުރި ޓީޝާޓު ބާލުވައި، ގަދަކަމުން ދަމާފައި ގެންގޮސް މޫދަށް އެއްލާލާތަނެވެ. އަދި ފަހުން އެ މީހާއަށް މަގުމަތީގައި ވަރަށް އަނިޔާކުރާތަން ވެސް ފެނެ އެވެ.
ފުލުހުން މިއަދު ބުނިގޮތުގައި މީހަކަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ:
އަހުމަދު ޝަރީފް، 50 އަހަރު، ބ. ހިތާދޫ
އަހުމަދު ހާތިމް، 49 އަހަރު، ލ. އިސްދޫ
ފުލުހުން ބުނިގޮތުގައި ކޯޓު އަމުރެއްގެ ދަށުން މި ދެމީހުން ވެސް ހައްޔަރުކުރީ އިއްޔެ އެވެ. އަދި ދެ މީހުންގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހާފައިވާ ކަމަށް ބުންޏެވެ.
ވައްކަން ކުރި ކަމަށް ބުނެ މީހަކަށް އަނިޔާކުރި ދެ މީހުން ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ