މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ގެންދިޔަ މި އިންތިހާބުގައި 44 ދާއިރާއެއްގެ ޕްރައިމަރީ ވަނީ ބާއްވާފައެވެ. މާލޭގައި ރަށްރަށުގެ ވޯޓު ފޮށިތައް ބަހައްޓާފައި ނުވި ނަމަވެސް، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 50 ޕަސެންޓަށް ވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް ފަލާހު ފާހަގަކުރެއްވިއެވެ. ނަމަވެސް މާލޭގައި ފޮށި ނުބެހެއްޓުމުގެ ސަބަބުން ބައެއް މެންބަރުންނަށް ވޯޓުލުމުގެ ފުރުސަތު ނުލިބުނުކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ޕްރައިމަރީގައި ޖުމްލަ 308 ކެންޑިޑޭޓުން ވާދަކުރިއިރު، އޭގެ ތެރޭގައި ކައުންސިލްތަކަށް ވާދަކުރާ 183 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ 121 މީހުން ހިމެނެއެވެ. އައްޑޫ ސިޓީގެ މޭޔަރު ކަމުގެ ޓިކެޓަށް ޕްރައިމަރީއެއް މިއަދު ބާއްވާފައި ނުވާތީ، އެ ސިޓީގެ ޓިކެޓު މުޝްރިފް އަލީއަށް ވަނީ ކަށަވަރުވެފައެވެ. މި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭގެ ވަގުތެއްގައި އިއުލާނު ކުރާނެ ކަމަށް ޕީއެންސީން ބުނެއެވެ. އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.
ބީއެމްއެލްގެ ސީއީއޯ އިސްތިއުފާ ދޭންޖެހޭ: ޝިޔާމް ރައްޔިތުންގެ ފައިސާއަށް އެންމެ ބޮޑަށް ހިޔާނާތްތެރިވެފަ އޮތް ތަނަކީ ފެނަކަ ޕީއެންސީގެ އެސްޖީއަކަށް ޒީނާޒް އާ މެންބަރުން ހުވާ ކުރުން އަންނަ މޭ 28 ގައި މަގުބޫލު ލިޔުންތައް ޕަވާ އަވާ ސްޓޫޑިއޯގެ ބޮޑު ޗެލެންޖު: ބަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ