ރ.އަތޮޅުގެ ކޮންމެ ރަށު ކައުންސިލަކަށް ބަގީއެއް ދިނުމަށް ރ.އަތޮޅު ކައުންސިލުން ނިންމައިފިއެވެ.
ރ.އަތޮޅު ކައުންސިލުން މިގޮތަށް ނިންމާފައިވަނީ މިމަހުގެ 18 ވަނަ ދުވަހު ބޭއްވި ކައުންސިލް ބައްދަލުވުމުގައެވެ. ބައްދަލުވުމަށް މި ހުށަހެޅުން ހުށަހެޅުއްވީ އަތޮޅު ކައުންސިލް މެމްބަރު އަދި އިންނަމާދޫ ކައުންސިލްގެ ރައީސް އަހުމަދު އަޒުމީނެވެ. އޭނާގެ ހުށަހެޅުމުގައި ބަޔާންކޮށްފައިވަނީ ކޮންމެ ކައުންސިލަކަށް 10 ޝީޓުގެ ބަގީއެއް ދިނުމަށެވެ.
މި ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވާފައިވަނީ، ދުވާފަރު ކައުންސިިލް ރައީސް ހަސަން ހަކީމެވެ. ކައުންސިލްތަކަށް ބަގީ ދިނުމަށް ނިންމި ނިންމުމުގައި ވަނީ، ރ.އަތޮޅު ކައުންސިލް އިދާރާ ހިމެނޭހެން އެއަތޮޅުގެ ކޮންމެ ރަށަކަށް 150،000 ރުފިޔާގެ ކޮންޑިޝަނަލް ގްރާންޓެއް ދިނުމަށެވެ.
އެގޮތުން ބަގީ ގަތުމަށް ބޭނުންވާ ފައިސާ މިހިނގާ ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހުގެ ކުރިން ހުރިހާ ކައުންސިލްތަކެއްގެ އެކައުންޓަށް ޖަމާކުރުމަށް ވަނީ ނިންމާފައެވެ.
ބައެއް ރަށަރަށު ކައުންސިލުން ބަގީ ގަނެގެން ވިޔަފާރި އުސޫލުން ބޭނުންކުރަމުން އަންނައިރު، ބަގީގެ ހިދުމަތަކީ މިހާރު ރަށްރަށުގައިވެސް ވަރަށް ޑިމާންޑް އޮންނަ ހިދުމަތެއްކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ރ އަތޮޅު ކައުންސިލުން، އެއަތޮޅުގެ ރަށްރަށަށް ބަގީ ދިނުމަށް ނިންމާފައިވަނީ ކީއްވެގެންކަމެއް ނުބުނެއެވެ.
ރ.އަތޮޅުގެ ކޮންމެ ރަށު ކައުންސިލަކަށް ބަގީއެއް ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ