މި މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މެދުކެނޑުމަކަށްފަހު މި މަސައްކަތް އަލުން ފަށާފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުއެވެ. މި މަސައްކަތް ނިންމުމަށްޓަކައި ނެދަލޭންޑްސްގެ މަޝްހޫރު ބޮސްކާލިސް ކުންފުނީގެ 22،000 ސީބީއެމްގެ ޑްރެޖަރެއް ބޭނުންކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ. މިއީ ބިން ހިއްކުމުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކުންފުންޏަކަށް ވާއިރު، މަސައްކަތް ކުރިއަށްދަނީ ވަރަށް ބާރަށް ކަން ފާހަގަކުރެވެއެވެ.
މަސައްކަތް މިހާރު ކުރިއަށްދާ ސްޕީޑަށް ބަލާއިރު، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ނިމޭނެ ކަމަށް ބެލެވެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ފޭސް 3 ހިއްކުމުގެ މަސައްކަތް މި މަސް ނިމުމުގެ ކުރިން އެއްކޮށް ނިންމާލެވޭނެއެވެ. މި މަސައްކަތް ނިމުމުން ހުޅުމާލޭގެ ތަރައްގީގެ ޕްލޭންގައި ހިމެނޭ މުހިންމު ބައިތައް ފުރިހަމަ ކުރުމަށް މަގުފަހިވެގެންދާނެއެވެ.
ޑްރަގު ވިޔަފާރިކުރާ މީހުންނަށް ރައީސްގެ މައާފު ދެން ނުލިބޭނެ: އިހުސާން އިސްލާމީ ރިވެތި އާދަތަކަކީ ދިވެހިންނަށް ކޮންމެ ކަމެއްގައި ވެސް ލިބޭ އެންމެ ބޮޑު ސަލާމަތް: ރައީސް ހިލަވެލި އެޅި ފަރުތައް ހަލާކުވާތީ މާފުށީ ރައްޔިތުންގެ ޝަކުވާ ނަޝީދު ހާމަކުރައްވައިފި ނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ