ޖަލު ހެދުމުގައި ހުރެ ޝަރީއަތަށް ހާޒިރުވެ، ޝަމްއާންއާ ދެކޮޅަށް ހެކިބަސް ދެމުން ލައްސާން ވަނީ އެ ހާދިސާ ހިނގި ގޮތް ކިޔައިދީފަ އެވެ. ލައްސާން ބުނި ގޮތުގައި، ބިދޭސީ މީހާގެ އަތުން ނެގި ފައިސާތައް ހުދު ކުލައިގެ ކޮތަޅަކަށް އަޅައިގެން ޝަމްއާން ދިރިއުޅޭ އެޕާޓްމަންޓަށް ގެންދިޔައީ އިމިގްރޭޝަންގެ އެހެން އޮފިސަރެކެވެ. އެ ފައިސާ ކޮތަޅާ ޝަމްއާން ހަވާލުވުމަށް ފަހު، އޭގެ ތެރެއިން ދެ ބޮނޑި ނަގައި އެ ފައިސާ ގެންދިޔަ އޮފިސަރަށް ދިން މަންޒަރު ފެނުނު ކަމަށް ވެސް ލައްސާން ކޯޓުގައި ބުންޏެވެ.
މި މައްސަލައިގައި ލައްސާންގެ މައްޗަށް އިއްވި ހުކުމުގައި ފޭރުމުގެ ކުށަށް ހަތް މަހާއި ހަ ދުވަހުގެ ޖަލު އަދަބެއް އަދި މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ކުށަށް ދެ މަހާއި 12 ދުވަހުގެ ޖަލު އަދަބެއް ހިމެނެ އެވެ. އަދި 28،000 ރުފިޔާއަށް ވުރެ ބޮޑު އަދަދަކުން އޭނާ ވަނީ ޖޫރިމަނާ ވެސް ކޮށްފަ އެވެ. މީގެ އިތުރުން މި މައްސަލައިގައި ހިމެނޭ މުހައްމަދު އަލްސަން އިސްމާއިލް ކުށަށް އިއުތިރާފުވުމުން، އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ކެނޑުމަށް ފަހު ބާކީ އޮތް ބައި 45،000 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށް ހުކުމް އިއްވި އެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރެވިގެންދާއިރު ބިދޭސީންގެ އަދަދު ކަށަވަރު ކުރެވިގެންދާނެ ބިދޭސީން ހަމަނުޖެހުން ހިންގާ ތަންތަން މޮނިޓާކުރަން ފަށައިފި އާޓިފިޝަލް ބީޗުގައި މާރާމާރީ ހިންގި 3 ބިދޭސީއެއް ޑިޕޯޓްކުރަން ނިންމައިފި ހައްގުތައް ގެއްލިފައިވާ ކަމަށް ބުނެ މ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ