މޯލްޑިވިއަންގެ ފްލައިޓްތަކުގައި ބަނގުރާ ވިއްކަން އުޅޭ ވާހަކަ ދޮގުކޮށްފި

މޯލްޑިވިއަންގެ ފްލައިޓުތަކުގައި ބަނގުރަލުގެ ހިދުމަތް ފަށަން އުޅޭ ވާހަކަ އެ ކުންފުނިން މިއަދު ދޮގުކޮށްފި އެވެ.މޯލްޑިވިއަން އިން މިކަން ހާމަކޮށްފައިވަނީ މިއަދު އެ ކުންފުނިން ނެރުނު ރަސްމީ ބަޔާނެއްގައެވެ. މި ބަޔާނުގައި އެ ކުންފުނިން ވަނީ މިފަދަ އެއްވެސް ޚިދުމަތެއް ތަޢާރަފުކުރުމުގެ ވިސްނުމެއް އަދި ރޭވުމެއްވެސް ނެތްކަން ޔަގީންކޮށްދީފައެވެ.ފަހަކަށް އައިސް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ބައެއް ފަރާތްތަކުން ދިޔައީ މޯލްޑިވިއަންގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކުގައި ފަތުރުވެރިންނަށް އަމާޒުކޮށްގެން އޯލް އިންކްލޫސިވް ޚިދުމަތް ތަޢާރަފުކުރަން އުޅޭކަމަށް ބުނެ ޕޯސްޓުތައް ކުރަމުންނެވެ. އަދި މި ހިދުމަތުގެ ތެރޭގައި ފްލައިޓުމަތިން ބަނގުރާ ލިބޭނެ އިންތިޒާމު ހަމަޖައްސަން އެއާލައިނުން މަސައްކަތްކުރަމުންދާ ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ.އަައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިން އޮޕަރޭޓްކުރާ މޯލްޑިވިއަން އަކީ ރާއްޖޭގައި އެތެރޭގެ އުދުހުންތައް އެންމެ ފުޅާކޮށް ދިނުމުގެ އިތުރަށް ބޭރުގެ ބައެއް ގައުމުތަކަށް ވެސް ދަތުރު ކުރަމުން އަންނަ އެއާލައިނެކެވެ. އޭގެ ތެރޭގައި އިންޑިއާ، ބަންގްލަދޭޝް އަދި ޗައިނާ ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ