ހަންޓާ ވައިރަސް ރާއްޖެއިން ފެނުމުގެ ފުރުސަތު ކުޑަ: ހެލްތް މިނިސްޓްރީ

ދެކުނު އެމެރިކާ ސަރައްހުދައި ދަތުރުކުރަމުންދިޔަ ކްރޫޒްލައިނާއަކުން ހަންޓާ ވައިރަސް ފެނުމާއި ގުޅިގެން، ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) މެދުވެރިކޮށް މޮނިޓަރ ކުރަމުންދާކަމަށް ހެލްތް މިނިސްޓްރީ އިން ބުނެފިއެވެ.
ހެލްތް މިނިސްޓްރީ އިން މީޑީއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ދެކުނު އެމެރިކާ ސަރައްހުދައި ދަތުރުކުރަމުންދިޔަ ކްރޫޒްލައިނާއަކުން ހަންޓާ ވައިރަސް ގެ އެއްވެސް ކޭސް އެއް ނުވަތަ މި ބަލި ޖެހިފައިވާ މީހަކާއި ދިމާވި މީހަކު، އަދި މިހާތަނަށް ދިވެހިރާއްޖެއިން ފެނިފައިނުވާ ކަމަށެވެ.
މީގެއިތުރުން، މިބަލީގެ ރިސްކް ދިވެހިރާއްޖެ އަށް ވަރަށް ކުޑަކަމަށާއި، މިކަމާއި ގުޅޭ އެއްމެ ފަހުގެ މައުލޫމާތުތައް މިނިސްޓްރީ އަށް ލިބެމުންދާވަރަކުން އާއްމުންނާއި ހިއްސާކުރަމުން ގެންދާނެކަމަށްވެސް ހެލްތް މިނިސްޓްރީ އިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ