އެޗްއާރްސީއެމްގެ ހުށަހެޅުން؛ ގައިދީންގެ ބޮލާއި ތުނބުޅި ބޭލުން އިހުތިޔާރީ ކަމަކަށް ހެދުން

އެ ކޮމިޝަނުން ދެކޭ ގޮތުގައި ގައިދީންގެ ތުނބުޅިއާއި ބޮލުގެ އިސްތަށިގަނޑު ވަކި ވަރަކަށްވުރެ ކުރުކޮށް ބެހެއްޓުން ސުލޫކީ މިންގަނޑުގެ ތެރޭގައި ހިމަނާފައިވަނީ އެއްވެސް މިންވަރަކަށް ގާނޫނީ ބާރުވެރިކަން ލިބިގެންނެއް ނޫނެވެ.
ޖިނާއީ ކުށެއް ސާބިތުވެގެން ޖަލުގައި ހުކުމް ތަންފީޒުކުރާ ގައިދީންނާއި މައްސަލަތަކުގައި ބަންދުކޮށްފއި ތިބޭ މީހުންގެ ބޮލާއި ތުނބުޅި ބޭލުމަކީ އިހުތިޔާރީ ކަމެއްގެ ގޮތުގައި ހަމަޖައްސަން ގަވާއިދާއި ގާނޫނަށް ބަދަލު ގެނައުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ހުށަހަޅައިފި އެވެ. 
މިއަދު އެޗްއާރްސީއެމުންވަނީ ފިރިހެން ގައިދީންނާއި ޖަލުގައި ބަންދުކުރާ މީހުންގެ ބޯކޮށުމާ ގުޅޭ ޕޮލިސީ ރިވީއުއެއް އާންމުކޮށްފަ އެވެ. އެ ރިވީއުއަކީ އެ ކޮމިޝަނުން ބަލަމުންދަ މައްސަލަތަކުގައި ގައިދީންގެ ބޮލާއި ތުނބުޅި ކޮށުމާ ގުޅޭ ގިނަ މައްސަލަތަކެއް ފާހަގަކުރެވިގެން އެކުލަވައިލި ރިވީއުއެކެވެ. 
ރިވީއުގައި ފާހަގަކުރި ގޮތުގައި ގާނޫނުގައި ގައިދީންގެ އިސްތަށިގަނޑު ވަކި މިންގަނޑެއްގައި ބަހައްޓަން ލާޒިމުނުކުރި ނަމަވެސް ގައިދީންގެ ސުލޫކީ މިންގަނޑުގައި ބޮލުގެ އިސްތަށިގަނޑު ދެ ސެންޓިމީޓަރަށްވުރެ ދިގުނުވާނެހެން އަދި ތުނބުޅި ބާލާފައި ނުވަތަ ދެ ސެންޓިމީޓަރަށްވުރެ ދިގުނުވާނެހެން ބަހައްޓަން ލާޒިމުކޮށްފައިވެ އެވެ. 
އަދި ޕްރޯލު ދިނުމުގައި ގައިދީންގެ ސުލޫކަށް ބަލާއިރު ސުލޫކީ މިންގަނޑުގައި ތުނބުޅިއާއި ބޯ ވަކި ދިގުމިނެއްގއި ބެހެއްޓުން ލާޒިމުކޮށްފައި ހުރުމުން އެއަށްވުރެ ތުނބުޅިއާއި ބޯ ދިގުކުރާ ގައިދީންނަށް ޕެރޯލު ލިބުމުގެ ފުރުސަަތު ހަނިވާކަން އެޗްއާރްސީއެމުން ފާހަގަކުރި އެވެ. 
އޭގެ އިތުރަށް ތުނބުޅިއާއި ބޮލުގެ އިސްތަށިގަނޑުގެ ދިގުމިނަކީ ސުލޫކީ މިންގަނޑުގެ ބައެއްކަމުގައިވާތީ ގައިދީންގެ ސުލޫކަށް ބަލައި ލިބިދޭ އިތުރު އިނާޔަތްތައް ބޯ ދިގުކޮށް ތުނބުޅި ދިގުކުރާ ގަައިދީންނަށް ނުލިބުމުގެ ފުރުސަތު އޮންނަކަން އެ ރިވީއުގައި ފާހަގަކޮށްފައިވެ އެވެ.
އިތުރަށް އެ ކޮމިޝަނުން ފާހަގަކޮށްފައިވަނީ ޖަލުތަކާއި ޕްރޯލުގެ ގާނޫނުގައި ޖަލުތަކުގެ ތެރޭގައި ސުލޫކީ މިންގަނޑާ ހިލާފުވުމަކީ ކުށެއް ކަމަށް ކަނޑައަޅާފައިވާއިރު، ގައިދީންގެ ސުލޫކީ މިންގަނޑު ގާނޫނުގައި ބަޔާންކުރި ކުރުމުގައި ބޯކޮށުމާއި ތުނބުޅި ވަކި ވަރެއްގައި ބެހެއްޓުން ބަޔާންކޮށްފައި ނެތް ކަމެވެ. 
އެ ކޮމިޝަނުން ދެކޭ ގޮތުގައި ގައިދީންގެ ތުނބުޅިއާއި ބޮލުގެ އިސްތަށިގަނޑު ވަކި ވަރަކަށްވުރެ ކުރުކޮށް ބެހެއްޓުން ސުލޫކީ މިންގަނޑުގެ ތެރޭގައި ހިމަނާފައިވަނީ އެއްވެސް މިންވަރަކަށް ގާނޫނީ ބާރުވެރިކަން ލިބިގެންނެއް ނޫނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ