މި އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބި، ބޮލަކަށް 6،000ރ.ގެ މަގުން ފިތުރު ޒަކާތް ބަހާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވީކިހިނެއް؟ - ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަށް ބަހައި ނިންމިކަން އިސްލާމިކް މިނިސްޓްރީން ހާމަކުރީ އެ މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިއުކުރި ލިޔުމެއްގަ އެވެ.
ތަފްސީލް - އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، މިއީ މިހާތަނަށް ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބުނު އަހަރެވެ. އެހެންވެ މިއީ މިހާތަނަށް ހަމަހަމަކޮށް ބޮލަކަށް އެންމެ ގިނަ އަދަދަކަށް ފިތުރު ޒަކާތް ބެހި ފަހަރު ކަމަށް ވެސް މިިނިސްޓްރީން ބުންޏެވެ.
ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން މިސްކީނުންނާއި ފަގީރުންނަށް ބެހުމަށް ކަނޑައަޅާފައިވަނީ 13.8 މިލިއަން ރުފިޔާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޒަކާތް ލިބުނު ފަރާތްތަކުގެ ތެރޭގައި، ޒަކާތް ހައްގުވާ ކެޓަގަރީތަކުގެ ދަށުން ހިމެނުނު 62 ފަގީރު ޔަތީމު ކުދިން ވެސް ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
ފިތުރު ޒަކާތަށް 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ؛ ބޮލަކަށް 6،000ރ. މަގުން ޒަކާތް ބަހައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ