"ދިސް އިޒް މައި މޯލްޑިވްސް" ފޮޓޯ މުބާރާތާއެކު "ކްރިއޭޓޯލް" އާންމުކޮށް ހުޅުވާލައިފި

"ކްރިއޭޓޯލްގެ ސަބަބުން އުފެއްދުންތެރިންނަށް އެމީހުންގެ މަސައްކަތް ހިމާޔަތްކޮށް، އައު ފުރުޞަތުތައް ހޯދުމުގެ މަގު ފަހިވެގެންދާނެ. ރާއްޖެއަކީ ހަމައެކަނި ސަން، ސޭންޑް ސީއެއް ނޫން. މިއީ މީހުންނާއި، ތާރީޚާއި، ހުނަރާއި، އުފެއްދުންތެރިކަން އަދި ސަގާފަތްވެސްމެ،" މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝިއުރީ ވިދާޅުވިއެވެ.
ކްރިއޭޓޯލް އަކީ ރާއްޖޭގެ "ކްރިއޭޓިވް އިކޮނޮމީ" ކުރިއަރުވައި، ރާއްޖޭގެ ވާހަކަތައް އިތުބާރު ހުރިގޮތެއްގައި ދުނިޔެއަށް ފޯރުކޮށްދިނުމަށް ހުޅުވުނު މުހިންމު ދޮރެކެވެ. ވީއެމްސީ އިން ވަނީ ހުރިހާ ފޮޓޯގްރަފަރުންނާއި އުފެއްދުންތެރިން މި ޤައުމީ ޕްލެޓްފޯމްގައި ބައިވެރިވުމަށް ދަޢުވަތު އަރުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ