ވޯލްޑް ކަޕްގެ ހުސް ގޮނޑިތަކާއެކު ބޮޑު ލަދެއް: ފީފާއަށް ގޯސްވީ ސަޕޯޓަރުން
ވޯލްޑް ކަޕްގެ މެޗުތަކުގައި ސްޓޭޑިއަމްތަކުން ގިނަ އަދަދެއްގެ ގޮނޑި ހުސްކޮށް ހުރުމުން ފާޑުކިޔުން އަމާޒުވުމާއެކު، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ދަނޑަށް ވަންނަން ބޮޑު އަގުގައި ޓިކެޓު ގަނެފައިވާ ސަޕޯޓަރުން ގޯސްކޮށްފިއެވެ. މުބާރާތުގައި އިއ ބައްދަލުކުރި މެޗު ޓީވީން ބެލި ސަޕޯޓަރުންނަށް ސްޓޭޑިއަމްގެ ބޮޑު ބައެއް ހުސްކޮށް އޮތްތަން ސާފުކޮށް ފެނުނެވެ. ނަމަވެސް، ފީފާއިން ރަސްމީކޮށް އިއުލާންކުރި ގޮތުގައި އެ މެޗަށް 44,985 ސަޕޯޓަރުން ވަނެވެ. އެއީ ސްޓޭޑިއަމް ފުރެން އެންމެ 679 ގޮނޑި މަދު އަދަދެކެވެ. ޓިކެޓްގެ އަގު އިންތިހާއަށް ބޮޑުވުމުގެ ސަބަބުން އާންމު ސަޕޯޓަރުންނަށް މެޗުތަކަށް ނުވަދެވޭ މައްސަލައިގައި ފީފާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންދަނިކޮށް، އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ ގޮނޑިތައް ހުސްކޮށް ފެންނަނީ ސަޕޯޓަރުން އެމީހުންގެ ގޮނޑިތަކުގައި އިށީނުމުގެ ބަދަލުގައި، ސްޓޭޑިއަމްގެ އެތެރޭގެ ކޮރިޑޯތަކާއި ކޮޅަށް ތިބެގެން މެޗު ބަލާތީ ކަމަށެވެ. ކެޕްޝަން.. "އަހަރެމެން އިއުލާންކުރާ ރަސްމީ އަދަދުތަކަކީ ސްޓޭޑިއަމަށް ވަންނަން ސްކޭން ކުރި ޓިކެޓްތަކުގެ އަދަދު. މެޗުގެ ކޮންމެެވެސް ވަގުތެއްގައި ލޮލަށް ފެންނަ ހުސް ގޮނޑިތަކަށް ބަލާފައި ނިންމާ ނިންމުމެއް ނޫން. މެޗުގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ގޮނޑީގައި ތިބުމުގެ ބަދަލުގައި ކޮރިޑޯ ތަކާއި ކޮޅަށް ތިއްބާ ފެނިފައިވޭ" މިކަމާ ގުޅޭގޮތުން ފީފާއިން ބުނެފައިވެއެވެ. މި ފާޑުކިޔުންތައް އައިސްފައިވަނީ މުބާރާތުގެ ގިނަ ޓިކެޓްތަކެއް ނުވިކި ހުރުމާއި، ބައެއް މެޗުތަކުގެ ޓިކެޓް އަސްލު އަގަށްވުރެ މާ އަގުހެޔޮކޮށް ރިސޭލް މާކެޓުގައި ވިއްކަމުންދާ ދަނޑިވަޅެއްގައެވެ. އިންގްލެންޑް ކުޅޭ ފުރަތަމަ މެޗުގެ އެންމެ އަގުހެޔޮ ޓިކެޓެއްވެސް އުޅެނީ 867 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 13,300 ދިވެހި ރުފިޔާ) ގައެވެ. އަދި ވީއައިޕީ ލައުންޖާއި ކެއުން ހިމެނޭ ޕެކޭޖްތަކުގެ އަގު 9,225 ޑޮލަރަށް (ގާތްގަނޑަކަށް 142,000 ރުފިޔާ) އަރައެވެ. މި މައްސަލައިގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ދިފާއުގައި ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ ޓިކެޓްގެ އެވްރެޖް އަގު އުޅެނީ 500 ޑޮލަރަށްވުރެ ދަށުގައި ކަމަށާއި، މިއީ އެމެރިކާގެ ބޮޑެތި ކުޅިވަރު މުބާރާތްތަކުގެ އަގުތަކާ އަޅާބަލާއިރު އެއްވަރެއްގެ އަގުތަކެއް ކަމަށެވެ. އަދި އަގު ހެޔޮކޮށްފިނަމަ ބްލެކް މާކެޓުގައި މާ ބޮޑު އަގުގައި މީހުން ޓިކެޓް ވިއްކާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް، މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި ބޮޑު އަގުތަކުގެ ސަބަބުން ދަނޑުތައް ފަޅަށް ހުރުމަކީ މުޅި މުބާރާތުގެ ފޯރި ކެނޑި، ފީފާއަށް ކުރިމަތިވާނެ ބޮޑު ހީނަރުކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ