ދ. މީދޫ ކައުންސިލް ރައީސް ހޮވުމަށް ބާއްވާ އިންތިޙާބުގެ އިތުރު ބުރުގެ ވޯޓުލުމުގައި މިހާތަނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވާ 50 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ދ. މީދޫ ކައުންސިލް އިންތިޚާބުގެ އިތުރު ބުރުގެ ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ތިން ފޯޓެއް ބަހައްޓާފައިވާ ކަމަށެވެ. މި އިންތިޚާބުގައި ޖުމްލަ 1049 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިގެންދާއިރު، މިހާތަނަށް 12:00 ޖެހުމާއި ހަމައަށް 523 މީހަކު ވަނީ ވޯޓުލާފައެވެ. މިއީ ވޯޓުލުމުގެ ހައްޤު ލިބިގެންވާ %49.86 ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ. އިންތިޚާބުގައި މިހާތަނަށް 210 އަންހެނުންނާއި 313 ފިރިހެނުން ވަނީ ވޯޓުލާފައެވެ.
މި އިންތިޚާބުގައި ވޯޓުލުން އެރަށުގައި ކުރިއަށްދާނީ ދ. އަތޮޅު މަދުރަސާގައެވެ. އަތޮޅު މަދުރަސާގައި ދެ ފޮށި ބަހައްޓާފައިވެއެވެ. އަދި މާލޭގައި އިންތިޚާބުގައި ވޯޓުލުން ދަރުމަވަންތަ ސްކޫލުގައި ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އިލެކްޝަންސް ކޮމިޝަނުން ވޯޓުލުން ގަޑިއަށް ފެށިފައިވާކަން ކަށަވަރުކޮށްދީފައިވާއިރު، މި އިންތިޚާބުގެ ވޯޓުލުން ހެނދުނު 8:00 އިން 4:00 އަށް ކުރިއަށްދާނެއެވެ.
ދ. މީދޫ ކައުންސިލް ރައީސްގެ މަޤާމުގެ އިތުރުބުރެއް ނެގުމަށް ނިންމާފައިވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026ގައި އެރަށުގައި ބެހެއްޓި ދ.މީދޫ-2 ނަންބަރު ވޯޓު ފޮށީގެ މީދޫ ދާއިރާގެ 1 ވޯޓު ކަރުދާސް ސައްޙަ ކަމަށް ކަނޑައަޅައި ޙުކުމްކުރުމާއި ގުޅިގެން ކައުންސިލް ރައީސްގެ މަޤާމަށް އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ ޢަދަދަށްވުރެ ގިނަ އަދަދެއްގެ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީއެވެ.
މި އިންތިޚާބުގައި ދެ ކެނޑިޑޭޓުން ވާދަ ކުރެއެވެ. އެއީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ކެނޑިޑޭޓަކާއި، މޯލްޑިވިއަން ޑިވެލޮޕްމެންޓް އެލަޔަންސް، އެމްޑީއޭގެ ކެނޑިޑޭޓެވެ.
ދ. މީދޫ ކައުންސިލް ރައީސް އިންތިޚާބު: %50 މީހުން ވޯޓުލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ