ވޯލްޑްކަޕުގައި ވާދަކުރާ އިންގްލެންޑް ޓީމުން ކަންސަސް ސިޓީއަށް ދަތުރުކުރުމަށް ތައްޔާރުވެފައިވަނިކޮށް ވައްކަމުގެ ޝިކާރައަކަށް ވެއްޖެ އެވެ.
ހޮނިހިރު ދުވަހު ކެންސަސް ސިޓީއަށް ދަތުރުކުރުމުގެ ކުރިން ވަގުންގެ ބަޔަކު ވަނީ އިންގްލެންޑް ޓީމުގެ ޓްރެއިނިން އެކުއިޕްމަންޓްތަކެއް ވަގަށް ނަގާފަ އެވެ. އިންގްލެންޑްގެ ފުޓްބޯޅަ އެސޯސިއޭޝަނުން މިހާރު އަންނަނީ ވަގަށް ގެންދިޔައީ ކޯޗެއްތޯ ބެލުމުގެ މަސައްކަތްކުރަމުންނެވެ.
އޭގެ ތެރޭގައި ބޯޅައާއި ކުޅުންތެރިންގެ ބޫޓުތައް ހިމެނޭކަމުގެ ބިރު އެބައޮތެވެ. މިކަން ހިނގަން މެދުވެރިވީ އިންގްލެންޑް ޓީމުގެ ވެހިކަލްތަކުން އެކުއިޕްމަންޓްތައް ކެންސަސް ސިޓީގެ ސްވޯޕް ސޮކާ ވިލެޖް ބޭސްއަށް ގެންދިޔަ ވަގުތު ވަގުން ވެހިކަލްތަކަށް ވަދެ އެވެ.
އިންގްލެންޑް ޓީމުގެ ކިޓާއި ސާމާނުތައް--- ފޮޓޯ: ފަބްރީޒިއޯ ރޮމާނޯ/އިންސްޓަގްރާމް
ތޯމަސް ޓުޝެލްއާއި އޭނާގެ ޓީމުން ކެންސަސް ސިޓީގެ ޓްރެއިނިން ބޭސްއަށް އައުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ. އަދި ޓީމުން މަސައްކަތްކުރީ އޭގެކުރިން ހުރިހާ ސާމާނެއް ގެނައުމަށެވެ. ނަމަވެސް ގެނައުމުގެ ވަގުތު ވެހިކަލްތައް ފަޅާލާ ސާމާނުތައް ވަނީ ވަގަށް ނަގާފަ އެވެ.
މިވާހަކައާއެކު ގިނަ ބަޔަކަށް ސިހުން ލިބިގެންދިޔައިރު ޑެއިލީ މެއިލްއިންް ރިޕޯޓުކުރިގޮތުގައި ކުޅުންތެރިންގެ ބޫޓާއި ޓްރެއިނިން ސާމާނުތަކާއި ކޯޗިން ސްޓާފުންގެ ސާމާނުތައް އަދި ބޯޅައާއި މެޗު ދުވަހުގެ ޔުނިފޯމްތައް ހިމެނެ އެވެ. އަދި އިންގްލެންޑް ކޭމްޕުން އަންނަނީ މިވަގުތު އެސަރަހައްދުގެ ލޯކަލް ފުލުހުންނާއި ގުޅިގެން ވަގަށް ނެގި ސާމާނުތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ޓީމުގެ ޓްރެއިނިންގެ ކުރިން ގެއްލުނު ސާމާނުތަކުގެ ބަދަލުގައި އާ އެއްޗެހި ގަޑިއަށް ހަމަކުރުމުގެ މަސައްކަތެވެ.
ކެންސަސް ސިޓީގެ ފުލުހުން ބުނެފައިވަނީ މިކަމުގެ ތަހުގީގާއި ގުޅިގެން ޝައްކުކުރެވޭ ދެފަރާތެއް އެބޭފުޅުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާކަމަށެވެ. މި ވައްކަމުގެ ސަބަބުން ބުދަދުވަހު ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ތޯމަސް ޓުޝެލްގެ ތައްޔާރީތަކަށް ބުރޫތަކެއް އެރުމުގެ ފުރުސަތު އެބަ އޮތެވެ.
ޓްރެއިނިން ސާމާނުތައް ގެއްލި އިންގްލެންޑް ޓީމު ވައްކަމުގެ ޝިކާރައަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ