ކުއްތާ ބޭނުންކުރާނެ ގޮތުގެ ތަމްރީީނެއް އެމެރިކާގެ ތަޖުރިބާކާރުން ދިވެހި ފުލުހުންނަށްދީފި

ކުއްތާ ބޭނުންކުރާނެ ގޮތުގެ ތަމްރީީނެއް އެމެރިކާގެ ތަޖުރިބާކާރުން ދިވެހި ފުލުހުންނަށްދީފިއެވެ.
ފުލުހުން ބުނީ އެމެރިކާގެ ޑިޕްލޮމެޓިކް ސެކިއުރިޓީ އެންޑް އެންޓި ޓެރަރިޒަމް އެސިސްޓެންޓް ޓީމުގެ ފަރާތުން ކޭނައިން ހާއްސަ ޓްރެއިނިންގ ތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. ކޭ-09 އަކީ ފުލުހުން ބޭނުންކުރާ ކުއްތާ ސްކޮޑަށް ދީފައި އޮންނަ ނަމެވެ. ފުލުހުން ބޭނުންކުރާ ކުއްތާއަށް ކިޔަމީ "ފާރަ"އެވެ.
ފުލުހުން ބުނީ މެއި 22 އިން ފެށިގެން ޖޫން 4 އަށް މާލެއާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރިއަށް ގެންދިޔަ މި ޓްރެއިނިންގ ސެޝަންތަކަކީ ކޭ-09 އިން އޮޕަރޭޝަންސްގެ މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ކުރިއަށް ގެންދިޔަ ސެޝަންތަކެކެވެ.
މި ޓްރެއިނިންގ ސެޝަންތަކުގައި އިންޑޯ އަދި އައުޓްޑޯގައި ފާރަ މަސައްކަތްކުރާ ގޮތުގެ ޑެމޮންސްޓްރޭޝަންތަކާ އެކު ތަމްރީނުދީފައިވެއެވެ. އަދި ފާރަ ބޭނުންކޮށްގެން، އެންމެ ފަހުގެ ހުނަރުތަކާއެކު ޔޫއެސްގެ ވެޓިރެނަރީ ހާއްސަ ޑޮކްޓަރުގެ އިރުޝާދާއެކު ފަސްޓްއެއިޑް ޓެކްނިކްސް ކުލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
އޭގެ އިތުރުން، ވެހިކަލް ބަލައިފާސްކުރާނެ ގޮތުގެ ފަރިތަކުރުންތައް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ