ފުލުހުންގެ ގަރާޖަކަށް ވަތް މީހަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް

ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގްގެ ގަރާޖަށް ހުއްދަ ނެތި ވަތް މައްސަލައެއްގައި މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ޏ. ފުވައްމުލަކު، ދިގުވާނޑުގުރަހާގެ އުމުރުން 31 އަހަރުގެ އަހުމަދު ފަޔާޒެވެ. ބަންދުގެ މުއްދަތު އިތުރުކުރުމަށް ނެރުނު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފުލުހުންގެ އުޅަނދުތައް ބާއްވާ ގަރާޖަށް އޭނާ ވަދެފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރި ނަމަވެސް، ފަޔާޒު ވަނީ އެކަމަށް އިންކާރުކޮށްފައެވެ.
ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ބާރުދޭ ބައެއް ހެކިތައް ވަނީ ލިބިފައެވެ. މީގެ ތެރޭގައި ހާދިސާ ހިނގި ސަރަހައްދަށް ދިޔަ ފުލުހުން ތައްޔާރުކުރި ރިޕޯޓާއި، އެ ތަނުގެ ސީސީޓީވީ ކެމެރާތަކުން ނަގާފައިވާ ފޮޓޯތަކުގެ އިތުރުން ހައްޔަރުކުރި މީހާގެ ބަންދު ލޮގް ހިމެނޭ ކަމަށް ކޯޓުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ