އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ގެއްލުން ލިބިފައިވާ ކަމަށް ބުނި ނަމަވެސް އެއީ ސަރުކާރުން "އެންޑޯސްކުރާ" އަދަދުތަކެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ހަނގުރާމައިގެ ގެއްލުން ކުޑަކުރުމަށްޓަކައި ރައީސް ޑރ.މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ކެބިނެޓް ކޮމިޓީން މިއަދު ބޭޢްވި މީޑިއާ ބްރީފިންގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަމީން ވިދާޅުވީ ޓޫރިޒަމަށް 500 މިލިއަން ޑޮލަރުގެ ގެއްލުންވި ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އެ އަދަދު އައީ ކިހިނެތްތޯ ޓޫރިޒަމް މިނިސްޓްރީން ބަލަމުންދާ ކަމަށެވެ. އަދި އެ މިންވަރަށް ގެއްލުންވި ކަމަށް ހިސާބުތަކުން މިހާތަނަށް ފެންނަން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއީ އަޅުގަނޑުމެން އެންޑޯސްކުރާ ނޫނީ ވެރިފައިކުރާ އަދަދުތަކެއް ނޫން 500 މިލިއަން ޑޮލަރުގެ ގެއްލުމެއް މި އިންޑަސްޓްރީއަށް ވެގެން އުޅޭ ވާހަކައަކީ،" އަމީން ވިދާޅުވި އެވެ.
އެހެންވެ، ސީދާ އެ އަދަދާ ގުޅުވައިގެން ޓޫރިޒަމް އިންޑަސްޓްރީއަށް އެހީތެރިކަމެއް ދޭން ސަރުކާރުން މަސައްކަތެއް ނުކުރާ ކަމަށާއި އެހެން ނަމަވެސް ސަރުކާރުގެ ނިޒާމުގެ ތެރެއިން ހުރިހާ ދާއިރާއަކަށް ސަބްސިޑައިޒް ކުރުމަށް ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއީ ހަމައެކަނި ޓޫރިޒަމެއް ނޫން، މުޅި ހުރިހާ ރައްޔިތުންނަށް ވާ ގެއްލުންތަކުގައި އަޅުގަނޑުމެން މި އެހީތެރިކަން ދެން. އެކަމަކު ސްޕެސިފިކްކޮށް، ތި އިންޑަސްޓްރީގެ 500 މިލިއަން ޑޮލަރަކަށް ކޮންޕެންސޭޓްކުރުމުގެ ނޫނިއްޔާ އެހީތެރިކަމުގެ ވަކި ސްޕެސިފިކް މަސައްކަތެއް ނުުކުރަން އިނގޭތޯ،" އަމީން ވިދާޅުވި އެވެ.
ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގުޅިގެން މިމަހުގެ 10 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ މާޗް މަހުން ފެށިގެން މިއަދާ ހަމައަށް ޓޫރިޒަމް ދާއިރާއަށް 500 މިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށެވެ.
The most trusted news source in the Maldives
މިދިޔަ މާޗް އަދި އޭޕްރީލް މަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެގޮތުން އެ ދެ މަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ އެ ދެ މަހަށް ވުރެ 15-20 ޕަސެންޓާ ދެމެދަށް ދަށްވި އެވެ.
ގެސްޓްހައުސް އެސޯސިއޭޝަނާއި މަޓާޓޯގެ ބަޔާނުގައިވާ ގޮތުން ޓޫރިސްޓުން އަންނަ މުހިއްމު މާކެޓްތަކުގެ ތެރެއިން ކުރިއަށް ލަފާ ކުރެވޭ ބުކިންތައް ދަށްވުމުގެ ފުރުސަތު އެބައޮތެވެ. އަދި އޭގެ ސަބަބުން ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ އަދި މުހިއްމު ދައުރެއް އަދާކުރާ މީހުންނަށް ވިޔަފާރި ކުރިއަށް ގެންދިއުމަށާއި ހިދުމަތް ދިނުމުގައި މާލީ ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
The most trusted news source in the Maldives
އެ ދެ ޖަމްއިއްޔާއިން ބުނެފައިވަނީ ޓޫރިޒަމް ދާއިރާގައި މުހިންމު ދައުރެއް އަދާކުރާ ލޯކަލް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ގެސްޓް ހައުސްތަކާއި ޓްރެވެލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ ކުދި ވިޔަފާރިތައް މާލީގޮތުން ބަލިކަށިވެ، ވިޔަފާރިތައް ހުއްޓާލަންޖެހޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ.
"މަޓާޓޯ އާއި އެންއެޗްޖީއޭއެމް ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، މާލީ އިދާރާތަކާއި އަދި ފަތުރުވެރިކަމުގެ ވިޔަފާރީގައި އުޅޭ ފަރާތްތަކަށް ގޮވާލަނީ ސިނާއަތް ހަމައަކަށް އެޅުވުމަށާއި ދިވެހި ވިޔަފާރިތައް ހިމާޔަތް ކުރުމަށް އަވަސް ކުރުމާއި ކާރިސާއެއް ކުރުމަތި ވުމުގެ ކުރިން، އަވަސް ފިޔަވަޅު އެޅުމާއި ވިޔަފާރިތަކަށް އަވަހަށް އެހީތެރިވެދޭނެ ގޮތްތަކެއް ރާވާ ތައާރަފް ކުރުމަށެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ގެސްޓްހައުސް އެސޯސިއޭޝަނާއި މަޓާޓޯ އިން ބުނީ މިހާރު މި އޮތް ހާލަތު ރަނގަޅު ކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. އެގޮތުން އިންޓަރެސްޓް ފްރީ މޮރޮޓޯރިއަމް ލޯން ދިނުމާއި މިހާރު ހުރި ލޯނުތައް ރީސްޓްރަކްޗާ ކުރުމަށް އެހީތެރިވެދީ، ޓެކްސް ދެއްކުން ފަސްކޮށްދިނުމާއި ފީތައް އަދި ކޯޓާފީ މައާފުކޮށްދިނުމަށް ސަރުކާރާއި މާލީ އިދާރާތަކުން ވީ އެންމެ އަވަހަށް އެހީތެރިވާންޖެހޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ޓޫރިޒަމަށް 500 މިލިއަން ޑޮލަރުގެ ގެއްލުންވިކަން ކަށަވަރެއް ނުވޭ: އަމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ