ސިޔާމް ބާރުއެޅުއްވީ އީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ ރިވެތި އުސޫލުތަކުގައި ސާބިތުވެ ތިބުމަށް

އީދު ފާހަގަކުރުމުގައި އިސްލާމީ ރިވެތި އުސޫލުތަކާއި މުޖުތަމައުގެ އަޚުލާގީ މިންގަނޑުތަކުގެ ތެރޭގައި ސާބިތުވެ ތިބުމަށް އެމްޑީއޭގެ ރައީސް އަދި، ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު މިއަދު އިލްތިމާސްކުރައްވައިފިއެވެ. މާދަމާ ފާހަގަކުރާ އަޟްހާ އީދުގެ މުނާސަބަތުގައި ސިޔާމް ފޮނުއްވި ޚިތާބުގައި ވަނީ، އީދުގެ މުބާރަކުބާދީ ފޮނުއްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ، އަޟްހާ އީދަކީ ހައްޖުގެ މަތިވެރި އަޅުކަމާ ގުޅިގެން އުފާ ފާޅުކުރުމަށް މާތްﷲ މިންވަރު ކުރައްވާފައިވާ ދުވަސްތަކެއް ކަމަށެވެ. މިގޮތުން، އެ މުނާސަބަތަކީ، ހައްޖުގެ އަޅުކަމުން ލިބޭ ރޫހާނީ ފިލާވަޅުތަކުން އިބުރަތް ހާސިލުކުރަން ޖެހޭ ވަގުތެއް ކަމަށް ސިޔާމް ވިދާޅުވިއެވެ. ޚާއްސަކޮށް، އިސްލާމްދީނަކީ އެއްބައިވަންތަކަމާއި ހަމަހަމަކަމަށް ބާރުއަޅާ ދީނަކަށް ވީއިރު، ދިރިއުޅުމުގެ ކޮންމެ މައިދާނެއްގައި ވެސް އެ އުސޫލުތައް ނެގެހެއްޓުމަށް އެ މަނިކުފާނު އިލްތިމާސްކުރެއްވިއެވެ. މިދިޔަ ޢީދުގައި ރ. މީދޫގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން: ސިޔާމް ވަނީ، އީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ ރިވެތި އުސޫލުތަކުގައި ސާބިތުވެ ތިބުމަށް ބާރުއަޅުއްވާފައި -- ފޮޓޯ/ ރ. މީދޫ ހުޅަނގު އަވަށު ޢީދު އުފާ އެއާއެކު، އީދު ފާހަގަކުރުމުގައި ސަމާލުކަންދޭންވީ ކަންތައްތަކެއް ވެސް ސިޔާމް ވިދާޅުވެދެއްވިއެވެ. އީދުގެ އުފާ ފާޅުކުރުމުގެ އެންމެހާ ކަންކަން ކުރިއަށް ގެންދިޔުމުގައި އިސްލާމީ ރިވެތި އުސޫލުތަކާއި މުޖުތަމައުގެ އަޚުލާގީ މިންގަނޑުތަކުގެ ތެރޭގައި ސާބިތުވެ ތިއްބެވުމަށް ހުރިހާ ފަރާތްތަކަށް އަޅުގަނޑު ބާރުއަޅަންމީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު އެ މަނިކުފާނު ވަނީ، އީދުގެ އުފަލުގައި އެކަކު އަނެކަކަށް އޯގާތެރިކަން އިސްކޮށް، މުޖުތަމައުގެ ހުރިހާ ފަންތިއެއްގެ މީހުން ބައިވެރިކުރުމަށް ގޮވާލައްވާފައެވެ. ސިޔާމްގެ ޚިތާބު ނިންމަވާލެއްވީ، އަޟްހާ އީދަކީ ދިވެހި އުންމަތާއި އިސްލާމީ ދުނިޔެއަށް ބާއްޖަވެރިކަން ގެނުވާނެ ދުވަސްތަކެއް ކަމުގައި މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވަމުންނެވެ. ސިޔާމް އެ ފަދައިން ވިދާޅުވިއިރު، މާލެ ސަރަހައްދުގެ އިތުރަށް އަތޮޅުތެރޭގެ އެކި ސަރަހައްދުގައި ކުލަ ގަދަކޮށް އީދު ފާހަގަކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ