އިސްލާމިކް ލީޑަރޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލައިފި

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން އިންތިޒާމުކުރާ އިސްލާމިކް ލީޑާރޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމަކީ ޚާއްސަކޮށް 18 އަހަރާއި 35 އަހަރާ ދެމެދުގެ އަންހެން ބޭފުޅުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހިނގާ މަހުގެ 5 އަދި 6 ވާ ހުކުރު އަދި ހޮނިހިރު ދުވަހު، ސަލްމާން ރަސްގެފާނު މިސްކިތުގެ ފަސްވަނަ ފަންގިފިލާގައި ހުންނަ ހޯލުގައެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި ޕްރޮގްރާމްގައި އިސްވެރިކަމުގެ ހުނަރުތަކާ ގުޅޭ ގިނަގުނަ ސެޝަންތަކެއް ކުރިއަށްދާނެއެވެ. ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ސެޓްފިކެޓް ދިނުމުގެ އިތުރުން، އެންމެ ފާހަގަކޮށްލެވޭ ލީޑަރޝިޕް ހުނަރު ދައްކައިދޭ 10 ބައިވެރިއަކަށް "މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް ޔޫތު ލީޑަރޝިޕް އެމްބެސެޑަރ" ގެ ލަގަބު އެރުވުމަށް ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ