މާލޭގައި މާޗް މަހު ބޭއްވި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ދޭ ޓޮޕް ސްކޯރާ ޓްރޮފީ ރާއްޖޭގެ ކެޕްޓަން، މުހައްމަދު އިލާން އިމްރާން އާއި އިންޑިއާގެ އޮމަން ދޯދުމް އަށް ލިބުނުއިރު، އިލާން އަތުން ޓްރޮފީ ނަގައި، ދުދޯން އަށް ދިން މައްސަލަ ހޫނުވިއިރު، މިރޭ އަލުން އިލާން އަށް ޓްރޮފީއެއް ހަވާލުކޮށްފި އެވެ.
ވިހި އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި އިލާން އާއި ދޯދުން، ވެސް ވަނީ ޖުމްލަ އެކު، ތިން ގޯލު ޖަހައިފަ އެވެ. އިލާން ތިން ގޯލު ޖެހީ ތިން މެޗުންނެވެ. ދޯދުމް ތިން ގޯލު ޖެހީ ހަތަރު މެޗުންނެވެ. ދެ ކުޅުންތެރިން ވެސް ތިން ގޯލު ޖެހުމުން، މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި އިލާން އާއި ދޯދުމްއާ، ޓްރޮފީ ހަވާލުކުރީ އެފްއޭއެމްގެ ރައީސް، ގައުމީ ޓީމުގެ ކުރީގެ ފޯވާޑް، އަހުމަދު ތޯރިގު (ޓޮމް) އެވެ.
އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ޓްރޮފީ ލިބުމާ އެކު، އިލާން، އެންމެ ފުރަތަމަ ގޮސް ދޯދުމް އަށް ޓްރޮފީ ހަވާލުކުރަން ނިންްމި އެވެ. އެކަމަކު، އެ ވަގުތު ދޯދުމް އެ ޓްރޮފީ އިލާން އަށް ދޫކޮށްލަން ނިންމި އެވެ. އެކަމަކު، ފަހުން އިލާން އަތުގައި ޓްރޮފީ އޮއްވައި، ސާފްގެ އޮފިޝަލަކު އައިސް، އިލާން އަތުން އެ ޓްރޮފީ ނަގައި، ދޯދުމް އަށް ހަވާލުކުރަން ނިންމުމުން، އެ މައްސަލަ ހޫނުވި އެވެ. ރަނގަޅަށް މުއާމަލާތު ކުރުމެއް ނެތި ސާފް އިން ވަކި ފަރާތަކަށް ބުރަވެ، މި ކަމުގައި ގޮތް ނިންމުމުން، އެފްއޭއެމްގެ އޮފިޝަލުން ވެސް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.
މާލޭގައި ރޭ ނިމުނު 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ދޭ ޓްރޮފީ ރާއްޖޭގެ ކެޕްޓަން، މުހައްމަދު އިލާން އިމްރާން އާއި އިންޑިއާގެ އޮމަން ދޯދުމް އަށް ލިބުނުއިރު، އިލާން އަތުން ޓްރޮފީ ނަގައި، ދުދޯން އަށް ދޭން ސާފް އިން ނިންމި މައްސަލަ ވަނީ ހޫނުވެފައި، ފަހުން ސާފް އިން ވަނީ އިލާން އަށް ވެސް ވީ އެންމެ އަވަހަށް ޓްރޮފީ ދޭން ނިންމާފައި.
މި ކަމާ ގުޅޭގޮތުން، އެފްއޭއެމް އިން ސާފްއާ އެކު ވާހަކަ ދެއްކުމަށް ފަހު، ނިންމީ، ވީ އެންމެ އަވަހަކަށް ސާފް އިން ޓޮޕް ސްކޯރާ އިލާންއާ ހަވާލުކުރާ ގޮތަށެވެ. އަދި، ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ އުފާފާޅުކުރުން ފާހަގަކުރުމަށް ކުޅޭ ޑައިމަންޑް ޖޫބިލީ އިންޓަނޭޝަނަލް މުބާރާތުގައި ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗުގެ ތެރެއިން، އިލާންއާ ޓޮޕް ސްކޯރާ ޓްރޮފީ ވަނީ ހަވާލުކޮށްފަ އެވެ.
އަފްގާނިސްތާން އަތުން ރާއްޖެ ވަނީ މިރޭ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން 1-0 އިން ބަލިވެފަ އެވެެ. މިރޭގެ މެޗުގައި އިލާން ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނުއިރު، ދެ ވަނަ ހާފުގައި އަނިޔާވެގެން ފަރުވާ ދިނުމަށް ފަހު، އިރުކޮޅެއްގެ ތެރޭގައި ބަދަލުކުރި އެވެ.
މެޗަށް ފަހު، ގައުމީ ކޯޗު ހަންގޭރީގެ އިސްތަވާން އުރްބާނީ ބުނީ އިލާނަށް ލިބުނީ ސީރިއަސް އަނިޔާއެއް ނޫން ކަމަށެވެ. އެއީ، ފަޔަށް އެރި ކުޑަ "ކްރޭމްޕް" އެއް ކަމަށެވެ.
"އިލާން ބުނި މިއީ މި ގޮތަށް ދިމާވި ފުރަތަމަ ފަހަރޭ. އަހަރެން ބުނިން، މަރުހަބާ އޭ ސީނިއާ އިންޓަނޭޝަނަލް ފުޓްބޯޅަ އަށް،" އުރްބާނީ ބުންޏެވެ.
ޑައިމަންޑް ޖޫބިލީ މުބާރާތުގައި ރާއްޖެ ކުޅޭ ދެ ވަަނަ މެޗުގައި ބުރާސްފަތި ދުވަހު ހަވީރު ކުޅޭނީ ޕާކިސްތާންއާ އެވެ. އަދި، ތިން ވަނަ މެޗުގައި އާދިއްތަ ދުވަހުގެރޭ ބަންގްލަދޭޝާ ކުޅޭނެ އެވެ. މުބާރާތުގެ ފޯމެޓް ރޭވިފައި އޮތީ ހަތަރު ޓީމުގެ ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމު ފައިނަލުގައި ކުޅޭ ގޮތަށެވެ.
އިލާން އަތުން "އަތުލި" ސާފް 20 އަހަރުން ދަށުގެ ޓޮޕް ސްކޯރާ ޓްރޮފީ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ