ދަގަނޑޭ، ގައުމީ ޓީމަށް 100 މެޗު ހަމަކޮށް ފީފާ ސެންޗަރީ ކްލަބަށް، މަރުހަބާ!

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ. އަލީ އަޝްފާގު (ދަގަނޑޭ)، ގައުމީ ފުޓްބޯޅަ ޓީމަށް 100 މެޗު ހަމަކޮށް، ފީފާ ސެންޗަރީ ކްލަބުން ޖާގަ ހޯދައިފި އެވެ. 
އުމުރުން 40 އަަހަރުގެ ދަގަނޑޭ، އަކީ މި ޝަރަފް ހޯދި ރާއްޖޭގެ ދެ ވަނަ ކުޅުންެތެރިޔާ އެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު، އިމްރާން މުހައްމަދު (އިންމަ) ވަނީ 109 މެޗު ގައުމީ ޖޯޒީގައި ހަމަކޮށް، ފީފާ ސެންޗަރީ ކްލަބްގައި ހިމެނުނު ފުރަތަމަ ދިވެހި ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ. 
ފީފާ ސެންޗަރީ ކްލަބަކީ، ގައުމީ ޓީމުތަކަށް 100 އަށް ވުރެން ގިނަ މެޗު ކުޅެދީގެން ހިމެނޭ ވަރުގަދަ ލިސްޓެކެވެ. އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އާއި ޕޯޗުގަލްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ވެސް ފީފާ ސެންޗަރީ ކްލަބްގެ މެމްބަރުންނެވެ. 
ގައުމީ ޓީމަށް 2003 ވަނަ އަހަރު ކުޅެން ފެށި ދަގަނޑޭ، ގައުމީ ޖޯޒީގައި ކުޅުނު 100 ވަނަ މެޗަކީ މިރޭ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި ރާއްޖޭން އަފްގާނިސްތާނާ ކުޅުނު މެޗެވެ. ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުޅޭ ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގައި އަފްގާނިސްތާން އަތުން 1-0 އިން ރާއްޖެ ބަލިވި މެޗުގައި، ދަގަނޑޭ ކުޅެން އެރީ މެޗުގެ ފަހު ކޮޅުގައި ބަދަލަކަށެވެ. 
ތަފްސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ