ސަފާރީއަކުން ރާޅާ އަޅަން ފޭބި ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ

ސަފާރީއަކުން ރާޅާ އަޅަން ފޭބި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ އެވެ.
ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ވާދޫ ކައިރީގައި އޮތް ސަފާރީއަކުން ރާޅާ އަޅަން ފޭބި އެ މީހާ ގެނބިގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 12:57 އެހާކަންހާއިރު ކަމަށެވެ.
އަދި އޭނާ ވާދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި ހާދިސާގައި މަރުވެފައިވަނީ ސްޕެއިނަށް ނިސްބަތްވާ 53 އަހަރުގެ ފިރިހެނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ