ވޯލްޑްކަޕްގެ ފޯރި "ކޮކީ" ގައި

ކުޑަކުދިންނަށް ހާއްސަ އެކި ވައްތަރުގެ ކުޅޭ ސާމާނު ފުޅާ ދާއިރާއެއްގައި ވިއްކާ "ކޮކީ" އިން ވޯލްޑްކަޕްގެ ފޯރި އިތުރު ކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ފަށައިފި އެވެ.
އެގޮތުން ފިހާރައަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކުޅުންތެރިންގެ ކަޓްއައުޓްތަކާއެކު ފޮޓޯ ނެގޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން "ކޮކީ" ގެ އެކި އައުޓްލެޓްތަކުގައި މަގުބޫލް އެކި ކުޅުންތެރިންގެ ކަޓްއައުޓްތައް ހުންނާނެ "ކޮކީ" އިން ބުންޏެވެ. އަދި އަލިކިލޭގެފާނު މަގުގައި ހުންނަ "ކޮކީ" ގެ ފިހާރައަށް ޒިޔާރަތްކުރާ ކުޑަކުދިންނަށް ކުޅެވޭނެ ގޮތަށް، ދެ ގޯލާއެކު ކުޑަ ޕިޗެއް ވެސް ވަނީ ތައްޔާރުކޮށްފަ އެވެ. 
ފުޓުބޯޅައާ ގުޅޭ ތަފާތު އެކި ކުޅޭ ސާމާނު ވިއްކަން ހުންނަ "ކޮކީ" އިން ވޯލްޑްކަޕަށް ހާއްސަކޮށް "މިހާރު" އިން ނެރުނު ވޯލްޑްކަޕް ގައިޑްގައި "ކޮކީ" އަށް ހާއްސަކޮށްފައިވާ ގަނޑު ހިފައިގެން ގޮސް ކުރާ ވިޔަފާރިތަކުން 15 ޕަސެންޓުގެ ޑިސްކައުންޓް ވެސް ލިބޭނެ އެވެ. 
"ކޮކީ"އިން ބުނީ ވޯލްޑްކަޕަކީ ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރާ ފުޓުބޯޅަ އީދަކަށް ވާއިރު، އެ ފިހާރައިން މަސައްކަތް ކުރަމުންދަނީ ފުޓުބޯޅަ މޫސުމުގެ ފޯޜި ކުޑަކުދިންނާ ހަމައަށް ގެނެސްދިނުމަށް ކަމަށެވެ. 
'ކޮކީ'ގެ ފިހާރަތައް މާލެ އަދި ހުޅުމާލޭގައި ވެސް ހުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ