ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ ވަރުގަދަ މަސައްކަތްތަކުގެ ދަށުން، ހުޅުމާލެ ފޭސް 1 ގައި ހުރި ގަރާޖެއްގައި ޚާއްޞަ ޓާސްކް ފޯސް އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސް، ގިނަ އަދަދެއްގެ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި ހިނގާ ޖޫން މަހުގެ 15 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ވަޒީފާ އަދާކުރަމުންދާ ބިދޭސީން ހޯދުމަށް ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ހިންގަމުންދާ ޚާއްޞަ ހަރަކާތްތަކުގެ ތެރެއިން ކުރިއަށްދިޔަ އޮޕަރޭޝަނެކެވެ.
މި ކާމިޔާބު އޮޕަރޭޝަންގައި ޓާސްކް ފޯހުން ވަނީ އެ ގަރާޖުގައި މަސައްކަތްކުރަމުންދިޔަ އަދި އެތަނުގައި އުޅެމުންދިޔަ ޖުމްލަ 20 ބިދޭސީއަކު ހިފަހައްޓައި، އެމީހުންގެ ވިސާއާއި ރަސްމީ ލިޔެކިޔުންތައް ބަލައި ފާސްކޮށްފައެވެ.
އިމިގްރޭޝަނުން ބުނިގޮތުގައި، މިގޮތަށް ބަލައި ފާސްކުރުމުގެ ތެރެއިން، ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނާއި ގަވާއިދުތަކާއި ހިލާފަށް، ސައްހަ ވިސާއެއް ނެތި އުޅެމުންދިޔަ 12 ބިދޭސީއަކު ފާހަގަކުރެވިގެން ވަނީ ވަގުތުން އެންޓި-އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ބިދޭސީންގެ މައްސަލަ އަށް ދާއިމީ އަދި ހަރުދަނާ ހައްލެއް ހޯދުމުގެ ގޮތުން، މިހާރު ހިންގަމުންދާ "މައިގްރޭޝަން މޮނިޓަރިންގ އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް (އެމް.އެމް.ސީ.ޕީ)" ގެ ދަށުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް މިފަދަ ގިނަ އޮޕަރޭޝަންތަކެއް ދަނީ މެދުކެނޑުމެއްނެތި ކުރިއަށްގެންދަމުންނެވެ.
ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ހިންގާ ބޮޑު ގައުމީ އޮޕަރޭޝަންގެ ދަށުން މިހާތަނަށް ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ ބަޔޮމެޓްރިކް މައުލޫމާތާއި ރަސްމީ ހިސާބުތައް ވަނީ ކާމިޔާބުކަމާއެކު އެއްކޮށް ނިންމާލާފައެވެ.
ހުޅުމާލޭ ގަރާޖެއް ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅުނު 12 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ