ބޭރުގެ ވެބްސައިޓްތަކުން އިތުރު ފީއެއް ނެތި ބީއެމްއެލްގެ ހަތަރު ކާޑަކުން ވިޔަފާރި ކުރެވޭނެ ކަމަށް އެ ބެންކުން ބުނެފި އެވެ.
މިއަދުން ފެށިގެން، ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ބޭރުގެ ބައެއް ސައިޓަކުން ކުރާ ވިޔަފާރިއަށް 30 އިންސައްތައާ ހަމައަށް ފީއެއް ނަގާނެކަން އިއުލާން ކުރީ އިއްޔެއެވެ. އެގޮތުން ފީ ނަގާނެ ކަމަށް އިއުލާން ކުރި ސައިޓް ތަކަކީ، ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އެވެ.
މޫގެ އިތުރުން އޭޓީއެމްއިން ރާއްޖޭން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދު މަހަކު 125 ޑޮލަރަށް ބަދަލުކޮށް، އޭޓީއެމްއިން ފައިސާ ނެގުމުން ޗާޖްކުރެވޭ އަދަދަކީ 10 ޑޮލަރަށްވެސް ވަނީ ހަދާފައެވެ.
އެކަމާ ގުޅިގެން އާންމުންގެ ބޮޑު ކަންބޮޑުވުމެއް އެބަ އޮތެވެ.
ބީއެމްއެލް އިން މިއަދު ބުނީ ޓީމޫ, ޝީއިން, އަލީބާބާ އަދި އަލި އެކްސްޕްރެސް އާއި ލަޒާޑާއާ އީބޭ ހިމެނޭހެން ބޭރުގެ އެކި ވެބްސައިޓްތަކުން އިތުރު ފީ އަަކާނުލާ އެ ބެންކުގެ ހަތަރު ކާޑަކުން ވިޔަފާރި ކުރެވޭނެ ކަމަށެވެ.
* ކްރެޑިޓް ކާޑް
* ޓްރެވަލް ކާޑް
* ޔޫއެސްޑީ ޑެބިޓް ކާޑް
* ބިޒްނަސް ޑެބިޓް ކާޑް
މިއަދުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދުކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ ލިމިޓް މަހަކަށް 500 ޑޮލަރަށް ވަނީ ބޮޑުކޮށްފަ އެވެ.
ބޭރުގެ ވެބްސައިޓްތަކުން އިތުރު ފީއެއް ނެތި ބީއެމްއެލްގެ ހަތަރު ކާޑަކުން ވިޔަފާރި ކުރެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ